twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކޮންމެ ދަރިވަރަކީ އަމާނާތްތެރި ދަރިވަރަކަށްވުމަށް ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ގޮވާލައްވައިފި

Feb 22, 2013

ކޮންމެ ދަރިވަރަކީ އަމާނާތްތެރި ދަރިވަރަކަށްވުމަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ގޮވާލައްވައިފި އެވެ.

ޒިޔާދު މިހެން ގޮވާލެއްވީ ކިޔަވާކުދިންގެ ގުޅުމާއި ޕްރިފެކްޓް ބޯޑު މިއަހަރަށް އިފްތިތާހު ކުރުމަށް އިއްޔެ އެސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުންނެވެ. ޒިޔާދު ރަޝާދު ވިދާޅުވީ އަމާނާތްތެރި ކަމާއެކު މަސައްކަތް ކުރާ ކުދިންނަށް ކަންކަން ކާމިޔާބު ވާނޭ ކަމަށެވެ. އަދި އިފްތިތާހު ކުލަބް ޖަމްއިއްޔާ ތަކުގެ އެހީގައި އެކުއްޖެއްގެ ޤާބިލްކަން ކުރިއަރުވާނެކަމަށް ދެކެލައްވާ ކަމަށެވެ.

އިއްޔެ ބޭއްވި މިބައްދަލުވުމުގައި 47 ޕްރިފެކްޓުން ވަނީ މަޤާމުގެ ހުވާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 40 ޖޫނިއާ ޕްރިފެކްޓުންނާއި 7 ސީނިއާ ޕްރިފެކްޓުންނެވެ. އަދި ޔަންގު ލީޑަރަސް ގެ ގޮތުގައި 66 ދަރިވަރުންނަށާއި ސީނިއާ ލީޑަރުންގެ ގޮތުގައި 42 ދަރިވަރަކަށް މަޤާމުގެ ޓޭގް ވަނީ ހަވާލުކޮށްފައެވެ، މިއަހަރު އެސްކޫލުގެ ކެޕްޓަނަކަށް ހޮވިފައިވަނީ އިޒްގާ މުހައްމަދު އެވެ. މީގެ އިތުރުން އެކިއެކި ކްލަބް ޖަމްއިއްޔާތަކުގެ ރައީސުންނާއި ނައިބް ރައީސުންނަށް ވެސް މަޤާމް ހަވާލުކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި ސްކޫލުގެ ޕްރިންސިޕަލާއި، ސްކޫލު ބޯޑުގެ ޗެއާރޕާސަން އައިމިނަތު ޤާސިމް އާއި ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދާއި، ޕީޓީއޭގެ ނައިބުރައީސް މުނީރާ އަލީގެ އިތުރުން ގިނަ އަދަދެއްގެ .ޓީޗަރުން އަދި  ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވި އެވެ

[yass cats=13]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293