twitterviber whatsapp telegramfacebookyoutube instagram
12th February 2026

ގްލޯނެޓްގެ ޔުނިވާސިޓީ އެޑިއުކޭޝަން ފެއަރ އަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް

Feb 22, 2013

– ގްލޯނެޓްގެ ސްކޮލާޝިޕް ކުޅުދުއްފުށީ މީރާޒް، އަހުމަދު މޫސާއަށް.

ގްލޯނެޓްގެ ޔުނިވާސިޓީ އެޑިއުކޭޝަން ފެއަރ އަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް ލިބި ކާމިޔާބު ކަމާއެކު ފެއަރ ނިންމާލައި އެވެ.

މިއަދު 3 އިން 6 އަށް ކުރިއަށްދިޔަ މި ފެއަރ ގައި އެކިއެކި ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ކޯސްތަކަށް ރަޖިސްޓްރީ ކޮށްދީ، ޑިސްކައުންޓާއި، ސްކޮލާޝިޕްގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މިގޮތުން ތަފާތު 7 ޔުނިވާސިޓީ އަކުން ހިންގާ ކޯސްތަކާބެހޭ މައުލޫމާތު ވަނީ ކުދިންނަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި މެލޭޝިޔާގެ ނިލާއީ ޔުނިވާސިޓީ، ސަންވޭ ޔުނިވާސިޓީ ކޮލެޖް، އިންޓަރނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، ޔޫސީއެސްއައި ޔުނިވާސިޓީ، ޓޭލާރސް ކޮލެޖް، ސެގީ ޔުނިވާސިޓީ ކޮލެޖް ގެ އިތުރުން އެޕިޓް އަދި ވެލްސް ޔުނިވާސިޓީ ހިމެނެ އެވެ.

މި ފެއަރ ގައި ބައިވެރިވުމަށް ނޭކުރަންދޫ ސްކޫލާއި، ހަނިމާދޫ ސްކޫލާއި، ވައިކަރަދޫ ސްކޫލުގެ އިތުރުން ނޮޅިވަރަމް ސްކޫލުގެ ދަރިވަރުން މިއަދު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކޮށްފައެވެ. އަދި ކުޅުދުއްފުށީގެ ސްކޫލުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުންވެސް މިފެއަރ ގައި ވަނީ ބައިވެރިވެފައެވެ. މިއީ ފަހަކަށް އައިސް ކުޅުދުއްފުށީގައި ބޭއްވުނު މިފަދަ ފެއަރއަކަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު ފެއަރ ކަން ފާހަގަ ކުރެވެއެވެ.

މިއަދު މި ފެއަރ ގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި މިއަދު ވަނީ ގުރުއަތެއްވެސް ނަގާފައެވެ. މިގޮތުން ގުރުއަތުން ހޮވުނު އަހުމަދު މޫސާ، މީރާޒް އަށް ވަނީ ގްލޯނެޓްގެ ސްކޮލާޝިޕެއް ލިބިފައެވެ.

[yass cats=14]

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355