twitterviber whatsapp telegramfacebookyoutube instagram
1st May 2024

ދުނިޔޭގެ 15 ޤައުމަކުން ބައިވެރިވާ އޮންލައިން ކޯހެއް ވިލާ ކޮލެޖުން ފަށައިފި

Feb 23, 2013

ކޮމަންވެލްތު އޮފް ލަރނިންގ އާއި ވިލާ ކޮލެޖާ ގުޅިގެން ކޮމަންވެލްތުގެ 15 ޤައުމެއްގެ ބައިވެރިން ބައިވެރިވާ އޮންލައިން ކޯހެއް ވިލާ ކޮލެޖުން ފަށައިފި އެވެ.

މިކޯހަކީ ކޮމަންވެލްތް އޮފް ލަރިނިންގއި ން ފަރުމާކޮށް ކޮމަންވެލްތްގެ ކުދި ޤައުމުތަކަށް ހުޅުވާލައިގެން ހިންގާ 6 ހަފްތާގެ ކޯހެކެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދޭގޮތުގައި މިކޯސް ފުރަތަމަ ފަރުމާ ކުރެވުނީ ޔުނިވަރސިޓީ އޮފް ވެސްޓް އިންޑީސްގެ މުދައްރިސުންނަށް އޮންލައިންކޮށް ކޯސް ހިންގާށާއި އޮންލައިން ކޯސްތަކުގައި ޓިއުޓަރ ކުރަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިހާރު މިކޯހަށް ކޮންމެވެސް ވަރަކަށް ބަދަލުގެނެވި، ރާއްޖެފަދަ ކުދި ޤައުމުތަކުގައި އޮންލައިން ކޯސްތައް ހިންގާނެގޮތްތަކުގެ މައްޗަށްވަނީ ބައްޓަން ކުރެވިފައެވެ.

ވިލާ ކޮލެޖުން މިފަދަ ކޯހަކަށް އިސްކަންދީގެން ހިންގަން ދަސްދުކުރީ ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަތީ ތައުލީމު ފޯރުކޮށްދިނުމުގައި އޮންލައިން ކޮށް މިކަންކުރުމަކީ ކުރިމަގުއޮތްކަމެއް ކަން ވިލާ ކޮލެޖުން ދެކޭތީ ކަމަށް އެކޮލެޖުން މަޢުލޫމާތު ދެއެވެ. މިގޮތުން މިކޯހުގައި ވިލާ ކޮލެޖުގެ މުދައްރިސުންގެ އިތުރުން ރާއްޖޭގައި އޮންލައިން މޯޑް ބޭނުންކޮށްގެން އަތޮޅުތެރޭގައި ކޯސް ހިންގާ ދެ މުއައްސަސާ ކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ މުދައްރިސުންވެސް ބައިވެރިވެއެވެ.

މިކޯސް ހިނގަމުންދާނީ ކޮމަންވެލްތް އޮފް ލަރނިންގގެ މާހިރެއް ކަމުގައިވާ ޑރ. ރޮޖަރ ޕައުލީގެ އިރުޝާދުގެ ދަށުން އޮންލައިން ކޮށްކަމަށް ވިލާ ކޮލެޖުން ބުނެއެވެ. ޑރ. ޕައުލީ އަކީ އިންސްޓްރަކްޝަނަލް ސިސްޓަމްސް އިން ޕީ.އެޗް.ޑީ ހައްދަވައި، ދާއިރާގެ އެތައް ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޑރ. ޕައުލީވަނީ މިދާއިރާގެ އެތައް ކޯހެއް ހިންގަވައި އަދި މިދާއިރާއިން ޕީ.އެޗް.ޑީ ދަރިވަރުން ސުޕަވައިޒްކުރައްވާފައެވެ. އޭނާ މިވަގުތު ހުންނެވީ ކޮމަންވެލްތް އޮފް ލާރނިންގގެ އީލާރނިންގ ކޮންސަލްޓަންޓަ ކަށެވެ.

ވިލާގެ މިކޯސް ހިނގަމުންދާނީ ވިލާ ކޮލެޖުގެ ދަރިވަރުން ބޭނުންކުރަން ފަރުމާކުރެވިފައިވާ އޮންލައިން ޕޯޓަލްކަމުގައިވާ ރޯޒް ޕޯޓަލްގައެވެ. އަދި ކޯސް ހިންގުމުގައި ބޭނުންވާ ހުރިހާ ޓެކްނިކަލް އެހީއެއް ފޯރުކޮށްދޭނީ ވިލާ ކޮލެޖުގެ ޓެކްނިކަލް ޓީމުން ކަމަށް އެކޮލެޖުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355