twitterviber whatsapp telegramfacebookyoutube instagram
1st May 2024

މާދަރީ ބަހުގެ ދުވަސް އަމީރު އަމީން ސްކޫލުން ފާހަގަ ކޮށްފި

Feb 24, 2013

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީރު އަމީން ސްކޫލުން ޚާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

އިއްޔެ ހަވީރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓޭޖްގައި އޮތް މިހަރަކާތް ތަކުގައި ސްކޫލުގެ ދަރިވަރުން ވަނީ ޘަޤާފީ ހެދުމުގައި ޅެމާއި، ރައިވަރު އަދި ފަރިހި ކިޔާފަ އެވެ.

މި ހަރަކާތްތަކުގެ ތެރެއިން ޖަލާލުއްދީން ސްކޫލުގެ ތަމްސީލް ޝޯވ ގެ ބައެއްވެސް އަމީރު އަމީން ސްކޫލުގެ ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ. މި ހަރަކާތްތައް ޝަރަފްވެރި ކޮށްދެއްވީ އަންހެނުންގެ ކޮމިޓީގެ ރައީސާ އުއްމުކުލްސޫމް އިބްރާހީމެވެ. އިއްޔެ ޝަރަފްވެރި މެހެމާނުގެ އިތުރުން  އަމީން އަމީން ސްކޫލުގައި އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދު ވެސް ވަނީ ދުވަހާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ

އަމީރު އަމީން ސްކޫލުގެ އިތުރުން އައިޕީއެސް އާއި، ޖަލާލުއްދީން ސްކޫލުންވެސް ވަނީ މިދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެވެ.

އިތުރު ފޮޓޯތައް ކުޅުދުއްފުށީ އޮންލައިން ފޭސްބުކް ޕޭޖްގައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355