twitterviber whatsapp telegramfacebookyoutube instagram
12th February 2026

މަސްތުވާތަކެއްޗާއެކު އަނެއްކާވެސް ކުޅުދުއްފުށިން 2 ޒުވާނަކު ހައްޔަރު ކޮށްފި

Feb 24, 2013

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކަކާއެކު ކުޅުދުއްފުށިން 2 ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްސާއެކު އިއްޔެ ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ކެނެރީގެ، ފާރިޝް އައްބާސް، 19، އާއި ހދ ނޭކުރެންދޫގެ އުމުރުން 18 އަހަރުގެ މީހެކެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ 3:30 ހާއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބަލާ ފާސްކުރިކުރުމުން 2 މީހުންގެ ތެރެއިން 18 އަހަރުގެ މީހާގެ އަތުން 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ. އަދި 2 މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު އެހެން 2 މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355