twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކުޅުދުއްފުށީގައި 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ފައިގެ ބޮޑުވާ އިނގިލި ބުރިވެއްޖެ

Feb 24, 2013

ކުޅުދުއްފުށީގައި 2 ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން އެކެއްގެ ފައިގެ ބޮޑުވާ އިނގިލި ބުރިވެއްޖެ އެވެ.

ކުޅުދުއްފުށީ ބަނދަރު މަތީ ސަރަހައްދުގައި ހުންނަ “ޕެރަ ބުރު” ކައިރީގައި ހިނގި ނުރައްކާތެރި މި އެކްސިޑެންޓުގައި ފައިގެ އިނގިލި ބުރިވެފައިވަނީ ކުޅުދުއްފުށީ ރުއްވަލުގެ، އަހުމަދު ޙުސައިން (33 އަހަރު) އެވެ. އަހުމަދު ހުސެއިން ދުއްވަން އިން ސައިކަލުގައި  ޖެހުނު ސައިކަލު ދުއްވަން އިނީ ކުޅުދުއްފުށީ ތަންބީގެ ހަސަން އާދަމް، 19، އެވެ. ހަސަން އާދަމް ދުއްވި ސައިކަލުގެ ފަހަތުގައި އިތުރު މީހަކު ވެސް އިނެވެ. ނަމަވެސް އެއީ ކާކުކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މަންޒަރު ދުއް ފަރާތަކުން މިނޫހަށް މަޢުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ވީއިރު ހަސަން އާދަމްގެ ސައިކަލުގައި އިތުރު މީހެއް އިންކަމަށާއި އެ ސައިކަލު ދުއްވާފައި ދިޔައީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި 3 މީހުނަށްވެސް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއެކްސިޑެންޓާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355