twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހަނިމާދޫ ބޮޑޭއަށް އެހީވުމަށް މަސައްކަތު ދުވަހެއް ފާހަގަކުރަނީ

Feb 25, 2013

ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ، ހދ. ހަނިމާދޫ ބޯގަންވިލާ މުހައްމަދު އާދަމް (30އ) ، ބޮޑޭ އަށް އެހީތެރިވުމުގެ ގޮތުން ފާހަގަ ކުރާ މަސައްކަތު ދުވަސް މާރޗް 2 ގައި ކުރިއަށް ގެންދިއުމަށް ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއިން ނިންމައިފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވީ މި ދުވަސް ފާހަގަ ކުރާނީ ހަނިމާދޫ  ޒުވާނުންގެ ޖަމިއްޔާއާއި އެރަށު ސާއްބަ އެކުވެރި ކުލަބާއި ގުޅިގެން މުޅިރަށަށް ހުޅުވާލައިގެން ކަމަށެވެ. އަދި މި ކަމުގައި ބައިވެރި ވުމަށް ވަކި ޖިންސެއް ނުވަތަ ވަކި އުމުރެއް ޚާއްސަ ކުރެވިފައި ނުވާ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

” އަޅުގަނޑުމެން ސާއްބަ ކުލަބާއި ގުޅިގެން މި ފާހަަގަކުރަނީ. ހަމަ ރަށުގެ ކުދިބޮޑު އެންމެންނަށް ހުޅުވާލައިގެން 2 ވަނަ ދުވަހުގެ ހެނދުނު 8 ން 6 ށް” ޚަލީލް ވިދާޅުވި އެވެ.

މީގެ ކުރިން ބޮޑޭ ގެ އާއިލާގެ ފަރާތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން، ބުނެފައިވަނީ  ބޮޑޭގެ ދެ ކިޑްނީގެ 90 އިންސައްތަ ވަނީ ފެއިލްވެފައިވާ ކަމަށެވެ. އަދި ވަގުތީ ފަރުވާއެއްގެ ގޮތުން ޑައިލެސިސް ހަދަމުން ގެންދިޔަ ނަމަވެސް ހާލު ރަނގަޅުވަމުން ނުދާ އެއްސަބަބަކީ ބަލީގެ ސަބަބުން ބޮޑޭއަށް ނަފްސާނީ ގޮތުން އަސަރު ކުރަމުން ދިޔުން ކަމަށެވެ. ބޮޑޭގެ ދާއިމީ ފަރުވާ ކަމަށްވާ ކިޑްނީ ޓްރާންސްޕްލާންޓަށް ގާތްގަނޑަކަށް 6 ލައްކަ ނުވަތަ 35 ހާސް ޑޮލަރު ހަރަދުވާނެކަމަށް އާއިލާއިން ކުރިން ވަނީ ބުނެފައެވެ.

ކިޑްނީ ރީނަލް ފެއިލިއަރގެ ފަހު ހަރުފަތުގައި ދުވަސްތައް ހޭދަކުރަމުންދާ ބޮޑޭއަކީ ކުރިން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސްގެ އިތުރުން ހަނިމާދޫ ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ނައިބު ރައީސް ކަންވެސް ކޮށްފައިވާ ޒުވާނެކެވެ. ބޮޑޭއަށް އެހިތެރިވުމުގެ ގޮތުން ފާހަގަކުރެވޭ މަސައްކަތު ދުވަހުގައި ވީހާގިނަ ރައްޔިތުން ބައިވެރިވުމަކީ މިކަން އިންތިޒާމް ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެފަރާތުން ހާމަކުރައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355