twitterviber whatsapp telegramfacebookyoutube instagram
27th October 2025

ކުޅުދުއްފުށީ ކޯޓުގެ މުވައްޒަފުން ކޮމްޕިއުޓަރަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

Feb 27, 2013

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ކޮމްޕިއުޓަރަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިހަފުތާގެ ހޯމަ ދުވަހު ކޯޓުގެ ކޮންފަރެންސް ރޫމުގައި މި ޕުރޮގްރާމް ފައްޓަވައިދެއްވަމުން ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ވިދާޅުވީ މި ފުރުސަތުގެ ބޭނުން މުވައްޒަފުން ފުރިހަމައަށް ހިފަން ވާނެ ކަމަށާއި، މިއީ ކޯޓުން ރައްޔިތުންނަށް ލިބިދޭ ޚިދުމަތްތައް ހަލުވިކޮށް މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ތަކުގެ ތެރެއިން ބައެއް ކަމަށެވެ.

މި ޕްރޮގަރާމުގައި ކިޔަވައި ދޭ ބައިތަކުގެ ތެރޭގައި ވޯޑް ޕްރޮސެސިންނާއި، ސްޕްރެޑްޝީޓް، ޕްރެސެންޓޭޝަން ޕެކޭޖްތަކާއި، އިންޓަރނެޓް ބޭނުންކޮށްގެން މައުލޫމާތު ހޯދާ ރައްކާކުރާނެ ތަފާތު ގޮތްތައް ހިމެނެއެވެ.

24 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދެވޭ މި ޕްރޮަގްރާމުގައި ކިޔަވައިދެއްވާނީ ކޯޓުގެ ކޮމްޕިއުޓަރ ޓެކްނީޝަން އިބްރާހިމް ޒަކަރިއްޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355