twitterviber whatsapp telegramfacebookyoutube instagram
28th April 2024

އަފީފުއްދީން ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރި މައްސަލަ އޭސީސީއަށް

Feb 26, 2013

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާ ހަވާލުކުރުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބިޑް ހުށަހެޅި ބައެއް ފަރާތްތަކުން ބުނެފިއެވެ.

ސެކިއުރިޓީ ބެލެހެއްޓުން އަމިއްލަ ފަރާތަކާ ހަވާލުކުރުމަށް ކުރި އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުން ރޭ އެ ބިޑް އިވެލުއޭޓް ކުރި ކޮމެޓީ އިން ބައްދަލުކުރުމަށްފަހު މިނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ މިކަން ހިނގާފައިވަނީ ކޮރަޕްޝަނުގެ ތެރެއިން ކަމަށާއި، އަދި މިކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އެފަރާތުން ބުނީ ޖަލާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށްވެސް ބިޑް ހުށައަޅާފައިވަނީ އެއް ބައެއް ކަމަށާއި، އެއް ގޮތަކަށް ޕޮއިންޓް ދޭކަމަށްވާނަމަ 2 ސްކޫލުންވެސް ކުރި ލިބެންވާނީ އެކަކަށް ކަމަށެވެ.

“އަފީފުއްދީން ބިޑް ކާމިޔާބު ކުރި މީހަ ޖަލާލުއްދީނަށްވެސް ލީ ހަމަ 18،000 (ރުފިޔާއަށް) އެކަމަކު ޖަލާލުއްދީނުން ބިޑް ލިބުނީ އެހެން މީހަކަށް. ދެތަނުން ހަމަ އެބޭފުޅާއަށް ޕޮއިންޓުގެ ގޮތުން އެއްހަމަތާ ވާންޖެހޭނީ.” އެމީހާ ބުންޏެވެ.

މީގެ އިތުރުން  މިއަހަރުގެ ސެކިއުރިޓީގެ ކަންތައް ބެލެހެއްޓުން ހަވާލުކުރަން ސްކޫލުން  ނިންމާފައިވަނީ އެސްކޫލްގައި ދާއިމީ ވަޒީފާގައި އުޅޭ މަސައްކަތު މީހަކަށް ވުމުން އެއީ މައްސަލައެއްކަމަށްވެސް އެމީހުން ބުންޏެވެ. އަދި ބިޑް އިވެލުއޭޓު ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫން ކަމަށްވެސް އެފަރާތްތަކުން ބުނަމުންގެންދިޔައެވެ.

މިކަމާއި ގުޅިގެން އެ ކޮމެޓީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅެއް ވިދާޅުވީ ރޭ އެފަރާތް ތަކާއި ބައްދަލުކޮށްފައި ވާނެ ކަމަށާއި، އަދި އެމީހުންގެ ޝަކުވާތައް ހުށަހަޅާ ސުވާލުތަކަށް ޖާވާބުދާރީ ވެފައިވާނެ ކަމަށެވެ. އަދި މިއީ ކޮރަޕްޝަނުގެ ތެރެއިން ހިނގާފައިވާ ކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި އެޑިއުކޭޝަނުން ވަކި ގޮތެއް ހާމަނުކުރައްވާނަމަ ކަންތައް ކުރައްވާނީ މިހާރު ހަމަޖެހިފައި އޮތް ގޮތަށް ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މާރޗް މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބިޑް ކާމިޔާބުކުރި އެ ސްކޫލްގެ މަސައްކަތު މީހާއާ ސެކިއުރިޓީގެ ބެލެހެއްޓުން ހަވާލުކުރާނެ ކަމަށް މައުލޫމާތުލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355