twitterviber whatsapp telegramfacebookyoutube instagram
28th April 2024

ވިލާ ކޮލެޖުން ރިސާރޗް ޖަރނަލްއެއް ނެރުމަށް އަމާޒު ހިފައިފި

Feb 26, 2013

  ވިލާ ކޮލެޖުން ރިސާރޗްގެ މަސައްކަތް ފުޅާކޮށް ރިސާރޗް ޖަރނަލްއެއް ނެރުމަށް އަމާޒު ހިފައިފި އެވެ.

ރާއްޖޭގައި މިހާރު ހުރި ޕްރައިވެޓް ކޮލެޖްތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވާ އެއްކޮލެޖް ކަމުގައިވާ ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވާގޮތުން މިޖަރނަލް ވެގެންދާނީ ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރެވޭ ދިރާސާތަކެއް ހިމެނޭ ޖަރނަލް އަކަށެވެ. މިގޮތުން މިޖަރނަލްގެ އެގްޒަކެޓިވް އެޑިޓަރުންގެ ގޮތުގައި ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓާތަކުގެ ޕްރޮފެސަރުން ހިމެނޭނެ ކަމަށް އެކޮލެޖުން ބުނެއެވެ. މިގޮތުން ހުޅަނގުގެ ޕްރޮފެސަރެއްގެ ގޮތުގައި ކެނެޑާގެ އެތަބަސްކާ ޔުނިވަރސިޓީގެ ޕްރޮފެސަރަކާއި އޭޝިޔާގެ ޕްރޮފެސަރެއްގެ ގޮތުގައި މެލޭޝިޔާގެ ޕްރެފެސަރެއް ހަމަޖައްސާފައިވާކަމަށް އެކޮލެޖުން މަޢުލޫމާތު ދެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލާ ކޮލެޖުން ވަނީ ރިސަރޗް އިންސްޓިޓިއުޓެއް ގާއިމު ކޮށްފައެވެ. އެ އިސްސްޓިޓުއުޓު ގެ މައިގަނޑު މަސައްކަތަކީ ކޮލެޖްގެ ދަރިވަރުންނާއި ލެކަޗަރުންގެ ކިބައިގައި ޤާބިލްކަން އުފައްދާ ޝައުޤުވެރިކަން އުފެއްދުން ކަމަށް އެކޮލެޖުން ހާމަކުރައްވައެވެ.

މިގޮތުން ވިލާ ކޮލެޖްގެ މުވައްޒަފުންނަކީ ދިރާސާ ކުރަން ދަންނަ، ދިރާސާ ކުރަން ލޯބިކުރާ، ދިރާސާތައް ކުރަމުންދާ ބަޔަކަށް ހެދުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅި އެކަންކަން ހާސިލްކުރުމަށް ޕްރޮގްރާމްތަކެއް އެކޮލެޖުން ވަނީ ރާވާފައެވެ. އަދި ރިސާރޗް ސެމިނަރތަކުގައި އެކްޝަން ރިސާރޗް ހަދާނެގޮތްތައް ވިލާ ކޮލެޖުގެ ސްޓާފުންނަށް ދަސްކޮށްދީފައިވެއެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި ކުލާސްތައް ނަންގަވައިދެއްވީ  އެކްޝަން ރިސާޗް ކުރުމުގެ މާހިރެއްކަމަށްވާ ޔުނިވަރސިޓީ އޮފް އެޑިންބަރަރ ގެ ޕްރޮފެސަރ ޖޯން ލެންޑަން އެވެ.

މީގެ އިތުރުން މިއަހަރުގެ މެދެއްހާތަނުގައި އިތުރު ޕްރެފެސަރަކު ވަޑައިގެން ޑޭޓާ އެނަލިސިސް ކުރުމުގެބައި ކުރިއަށް ގެންދާނޭ ގޮތްތަކާ ބެހޭ ގޮތުން ސެމިނަރތަކެއް ހިންގަވާނެކަމަށާއި މި ސެމިނަރތަކަށްފަހު ވިލާ ކޮލެޖުގެ ސްޓާފުން ކުރާ ދިރާސާތަކުގެ ޑޭޓާ އެނަލިސިސްގެ ބައިތައްވެސް ނިމޭނެކަމަށް އެކޮލެޖުން ހާމަކުރައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355