twitterviber whatsapp telegramfacebookyoutube instagram
9th April 2026

ދަރިވަރަކާ ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ވައިކަރަދޫ ސްކޫލުގެ މުދައްރިސަކު ހައްޔަރުކޮށްފި

Feb 28, 2013

ދަރިވަރަކާ  ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ވައިކަރަދޫ ސްކޫލުގެ މުދައްރިސަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 14 އަހަރުގެ ކުޑަ އަންހެންކުއްޖަކާއި އެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ މިޑިޔާ އޮފިޝަލްވެސް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މައުލޫމާތުދެއްވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންމި މިހާ ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހުގެ 8:50 ހާއިރުއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގާ ހައްޔަރުކޮށްފައިވަނީ އެ ސްކޫލުގައި ކޮމްޕިއުޓަރ ކިޔަވައިދޭ އިންޑިޔާގެ ރައްޔިތެކެވެ. އަދި މި ޓީޗަރު އެ ރޭގެ ވަގުތެއްގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށްގެނެސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355