twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީ ޤުރުއާން މުބާރާތް ވިދިވިދިގެން 3 ވަނަ ފަހަރަށް ޖަލާލުއްދީން ސްކޫލު ކާމިޔާބުކޮށްފި

Feb 28, 2013

ކުޅުދުއްފުށީ ހުރި ސްކޫލުތަކަށާއި ޤުރުއާން ކްލާސްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ޤުރުއާން މުބާރާތުގެ ތަށި ވިދިވިދިގެން 3 ވަނަ ފަހަރަށް ޖަލާލުއްދީން ސްކޫލު ކާމިޔާބުކޮށްފި އެވެ.

މިއަހަރުގެ މުބާރާތުގައި 2 ގޮފި އެއްކޮށް މުޅި މުބާރާތުން 1 ވަނަ ލިބިފައިވަނީ ޖަލާލުއްދީން ސްކޫލުގެ އަނާން ފަރީދަށެވެ. 2 ވަނަ އަފީފުއްދީން ސްކޫލުގެ އައިމިނަތު އިބާ އާދަމް އަށް ލިބިފައިވާއިރު 3 ވަނަ ލިބިފައިވަނީ ޖަލާލުއްދީން ސްކޫލުގެ އާއިޝަތު ޖަޒީލާ ހުސައިން އަށެވެ.

މިއަހަރުގެ މުބާރާތުގައި އަފީފުއްދީން ސްކޫލަށް 2 ވަނަ ލިބިފައިވާއިރު 3 ވަނަ ލިބިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒަށެވެ. މި މުބާރާތުގައި 2 ގޮފި އެއްކޮށް ވަނަ ހޮވޭ ވަރަށް އެއްވެސް ޤުރުއާން ކުލާހަކަށް މާކްސް ލިބިފައެއް ނުވެއެވެ.

މުބާރާތް ނިންމުމުގެ ގޮތުން އިއްޔެ ވަނީ، މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުން ހޮވާ އިނާމު ދީފައެވެ. މިގޮތުން އެންމެ މޮޅު 15 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ޖަލާލުއްދީން ސްކޫލުގެ އަނާން ފަރީދާއި، އާއިޝަތު ޖަޒީލާ ހުސައިންއާއި، އައިމިނަތު އައިނާއާއި، ޝަމްއޫން ހަސަން އަދި އަސްމާ އާދަމްއެވެ. މީގެ އިތުރުން އަފީފުއްދީން ސްކޫލުގެ އައިމިނަތު އިބާ އާދަމްއާއި، އާއިޝަތު ޝާލިޔާ އަހުމަދާއި މުހައްމަދު ޝަމްވީލް އާދަމް ވަހީދާއި ޝާރާ ޝަމްސާދާއި ރައުފާ އާދަމްއެވެ. މި 15 ކުދިންގެ ތެރެއިން އޭއީސީގެ ދަރިވަރުންގެ ގޮތުގައި ހިމެނެނީ އަހުމަދު ފަޒާލް ހަމްޒާ އާއި، އަހުމަދު މަފާޒް މުހައްމަދާއި، ނާއިމާ އަބްދުﷲ އާއި އަހުމަދު ޖައިލަމް އަބްދުއްސައްތާރެވެ.

މީގެ އިތުރުންވެސް ވަކި ވަކި އުމުރުފުރާއިން އެކި އެކި ވަނަތަކަށް ދިޔަ ދަރިވަރުންނަށް ވަނީ ތައްޓާއި އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. އަދި މިއަހަރު ހދ އަތޮޅު މުބާރާތުގައި  ކުޅުދުއްފުށި ތަމްސީލް ކުރާނެ 20 ކުދިންވެސް އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ޖަލާލުއްދީންގެ 5 ދަރިވަރުންނާއި، އަފީފުއްދީނާއި، އޭއީސީއިން 4 ދަރިިވަރުންނެވެ. އަދި އައިޕީއެސް އާއި އަމީރު އަމީން ސްކޫލުން ކޮންމެ ސްކޫލަކުން ދަރިވަރެކެވެ.

އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ޤާޟީ އަލީ އާދަމް ވިދާޅުވީ ކީރިތި ޤުރުއާނަކީ  ހުރިހާ ކަމެއްގެ މަގު ފެނިގެންދާނެ މާތް ﷲ ގެ ކަލާމްފުޅު ކަމަށެވެ. އަދި ދީނުގައި އަންގަވާފައިވާ ފަދައިން ޅަފަތުގައި ދަރިންނަށް ދެވޭ ތައުލީމް ހަރުދަނާ ކޮށް އެކުދިންނަށް އަޅައިދެވޭ އިލްމުގެ ބިންގާ ވަރުގަދަކުރުމަށް ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.

އިއްޔެ ބޭއްވުނު މިރަސްމިއްޔާތުގައި ވޭތުވެދިޔަ 2 އަހަރުގެ ޤުރުއާން މުބާރާތުގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ.

[yass cats=15]

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ އިތުރު ފޮޓޯތައް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖަށް މިރޭ އަޕްލޯޑް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355