twitterviber whatsapp telegramfacebookyoutube instagram
28th April 2024

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ދިރިއުޅުއްވާ ގެއަށް އެ ސްކޫލުގެ ދަރިވަރުން ގައު އުކައިފި

Mar 5, 2013

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ދިރިއުޅުއްވާ ގެއަށް އެ ސްކޫލުގެ ދަރިވަރުންތަކެއް ގައު އުކައިފި އެވެ.

މަންޒަރު ދުއް މީހަކު މިނޫހަށް މަޢުލޫމާތު ހިއްސާ ކުރަމުން ބުނީ ޕްރިންސިޕަލް ދިރިއުޅޭ ކުޅުދުއްފުށީ “ސަފާޢީ” ގެއަށް ގައު އުކާފައިވަނީ މިދިޔަ ހުކުރު ވިލޭރޭ ގާތްގަނޑަކަށް 8:30 އެހާއިރު ކަޅުކުލައިގެ އެއްޗެހި ލައިގެން ތިބި 10 ވަރަކަށް ކުދިން ގެ ގުރޫޕަކުން ކަމަށެވެ. އަދި ގައު އުކުމަށް ފަހު އެކުދިން ދުވެފިލީ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޕްރިންސިޕަލް އާދަމް މޫސާ އަށް މިނޫހުން ގުޅާލުމުން ވިދާޅުވީ ކުދިންތަކެއް ގައު އުކިކަމަށާއި އެކަމުގައި ހިއްސާ ވާ ކުދިންގެ ބެލެނިވެރިނާއި ވާހަކަ ދައްކާ ނަސޭހަތްތެރި ވެފައިވާނޭ ކަމަށެވެ. އަދި މިކަމާބެހޭ އިތުރު ތަފްސީލް މީޑިއާގައި ދެއްވަން ބޭނުން ނުވާ ކަމަށެވެ.

މިނޫހަށް އެގިފައިވާ ގޮތުގައި ޕްރިންސިޕަލްގެ ގެއަށް ގައު އުކަފައި ވަނީ އެސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުން ގެންދާ ދަރިވަރުން ތަކެކެވެ. އަދި މިކަމުގައި ބައިވެރިވެފައި ވާ ކުދިންގެ ތެރޭގައި ރަށުގެ ކަމުވޮށިވެގެންވާ މީހުންގެ ދަރިން ގިނަކަން ފާހަގަކުރެވެ އެވެ.

މިހާދިސާ ގައި ވަނީ “ސަފާޢީ” ގޭގެ ކުޑަ ދޮރެއްގެ ބިއްލޫރި ގަނޑެއް ތަޅައިގެން ގޮސްފަ އެވެ.

ސްކޫލް ކުދިންގެ އަހްލާގީ ފެންވަރު ދައްވަމުންދާ މައްސަލައަކީ މިހާރު ބޮޑުވެފައިވާ މައްސަލަ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355