twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އަހަރީ ދުވަސް ފާހަގަކުރަމުން އެބަދޭ

Mar 7, 2013

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 31 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް އެބަގެންދެއެވެ.

މިގޮތުން މާރޗް 1 ވަނަ ދުވަހު ހޮސްޕިޓަލުގެ މުވައްޒަފުންގެ އާއިލީ ހަވީރެއް ވަނީ ބާއްވާފައެވެ. މި އާއިލީ ހަވީރުގައި އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ އިތުރުން ތަފާތު އެކި ކުޅިވަރުތައް ވަނީ ކުޅެފައެވެ. އަދި މިމަހުގެ 3 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ބުރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯމަ ދުވަހު  ޕަބްލިކް ހެލްތު ޔުނިޓުން، ގައިންގަޔަށް ނާރާ ބަލިތަކާގުޅޭ ކްލިނިކެއް ހުޅުވާފައިވާކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އަދި ހަމަ އެދުވަހުގެ ހަވީރު އެސްޓީއޯ އާއި ހޮސްޕިޓަލުގެ ޓީމަކާއި ދެމެދު އެކުވެރި ކަމުގެ ފުޓުބޯޅަމެޗެއްވެސް ވަނީ ކުޅިފައެވެ. މި މެޗް 7 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ހޮސްޕިޓަލްގެ ޓީމެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ރޭވިފައިވާ ކަންކަމަށް ބަލާއިރު އަންނަ ހުކުރު ދުވަހު ހޮސްޕިޓާ ސާފުކުރުމުގެ ޕްރޮގްރާމެއް ރޭވިފައިވާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. އަދި އެދުވަހު އަފީފުއްދީން ސްކޫލާއި، ހޮސްޕިޓަލުގެ ޓީމަކާއި ދެމެދު ނެޓްބޯޅަ މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތްދޭ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ އަހަރީ ދުވަހަކީ މާރޗް މަހުގެ 1 ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355