twitterviber whatsapp telegramfacebookyoutube instagram
5th May 2024

އަތޮޅު ކައުންސިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށް އެމައްސަލަ ބަލާނެ ކަމަށް މެމްބަރަކު ބުނެފި

Mar 7, 2013

– ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކޮށްފައެއް ނުވާނެ: އަތޮޅު ކައުންސިލްގެ ރައީސް

އަތޮޅު ކައުންސިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށް އެމައްސަލަ ބަލާނެ ކަމަށް މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އަތޮޅު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އަތޮޅު ކައުންސިލް ރައީސްގެ މައްޗަށް ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލައެއް އުޅޭކަމަށާއި އެކަން ބަލާ އަދި މެމްބަރުންނާ ވާހަކަ ދެއްކުމަށްފަހު ނިންމާނެ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށައެޅުމުގެ  ވިސްނުންވެސް ބައެއް ބައެއް މެމްބަރުން ގެންގުޅުއްވާ ކަމަށެވެ.

އެހެން ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއްކަން ވިދާޅުވުމަށް އޭނާ ވަނީ އުޒުރުވެރި ވެފައެވެ.

އަތޮޅު  ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވީ ތުހުމަތު ކުރެވޭ މައްސަލަތަކެއް އެބައުޅޭ ކަމަށާއި، އެކަމެއް ސާބިތު ވުމުން ނޫނީ މީޑިޔާގައި ވަކިއެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. މީގެ އިތުރުން ކައުންސިލްގެ އިތުރު މެމްބަރެއް ވިދާޅުވީ ކައުންސިލްގެ ނައިބު ރައީސް ވަނީ، ކައުންސިލްގެ ރައީސް ގެ ކޮރަޕްޝަންގެ ކަންތައްތަކެއް ފާހަގަ ކުރައްވާ ވާހަކައެއް ދައްކަވާފައިވާ ކަމަށާއި އެހެން ނަމަވެސް މިކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކައުންސިލްގެ ޖަލްސާ އަކަށް އަދި އެޖެންޑާ ކޮށްފައި ނުވާ ކަމަށެވެ.  އަދި މިއީ ރައީސާއި ނައިބު ރައީސްގެ މެދުގައި ހިނގާ ކަންތައްގަނޑެއް ކަމަށް ވެސް އެ މެމްބަރު  ތުހުމަތު ކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ އެކަހަލަ މައްސަލައެއް އުޅޭކަން އެނގިފައި ނުވާކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ

“އަޅުގަނޑަށް އެނގިފައެއްނެތް އެކަހަލަ މައްސަލައެއް އުޅޭކަމެއް. އަޅުގަނޑު އަތޮޅު ކައުންސިލުގެ ރައީސް ކަމާ ހަވާލުވިފަހުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމުގެ ޔަޤީންކަން އެބައޮތް.” އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވިދާޅުވި އެވެ.

ހުސައިން ރަޝީދަކީ އަތޮޅު ކައުންސިލްގެ 3 ވަނަ ރައީސެވެ. ހުސެއިން ރަޝީދު އަތޮޅު ކައުންސިލްގެ ރައީސްކަމާ ހަވާލުވުމަށްފަހު ކައުންސިލްގެ މަސައްކަތް ބާރުސްޕީޑުގައި ގެންދެވޭތޯ ވަނީ މަސައްކަތް ކޮށްފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355