twitterviber whatsapp telegramfacebookyoutube instagram
5th May 2024

ނޮޅިވަރަމް އިންޖީނުގެއިން ފައިސާތަކެއް ފޭރުނު ބަޔަކު ވައިކަރަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ތިއްބާ ހައްޔަރުކޮށްފި

Mar 7, 2013

ހދ. ނޮޅިވަރަމް އިންޖީނުގެއިން ފައިސާތަކެއް ފޭރިގަތްކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ ބަޔަކު ހދ. ވައިކަރަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ތިއްބާ ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށި އޮންލައިނަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން މިރޭ 5 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ށ. އަތޮޅު އަދި ހއ. އަތޮޅަށް ނިސްބަތްވާ ބަޔަކު ހިމެނޭ ކަމަށްވެއެވެ. އެހެންނަމަވެސް ފުލުހުންގެ ފަރާތުން މިމައްސަލައިގައި މާބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ނޮޅިވަރަމް އިންޖީނުގެއިން ފައިސާތަކެއް ފޭރިގަނެފައިވަނީ ރޭގެ ވަގުތެއްގައި އެވެ. ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ރޭ އެރަށު އިންޖީނުގޭގެ ސެކިއުރިޓީ ބަލަހައްޓަން އިންމީހާ އަށް ބިރުދައްކާ މާރާމާރީ ހިންގުމަށްފަހު 26000 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ. އެމީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށާއި އަދި ސެކިއުރިޓީ އޮފިސަރަށް ބިރުދައްކާ ކަނު ބަނުމަށްފަހު އިންޖީނުގޭ ތިޖޫރީގައި ބަހައްޓާފައި ހުރި ފައިސާ ގަނެގެން ދިޔައީ ކަމަށެވެ.

މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާތީ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރެވެން ނެތްކަމަށް ފުލުުހުން ބުނެއެވެ.

ކުޅުދުއްފުށި އޮންލައިނަށް އެނގިފައިވާ ގޮތުގައި މިރޭ އެމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 22 އަހަރާ 33 އަހަރާ ދެމެދުގެ 5 މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355