twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޕީޕީއެމްގެ ލަގަން އެހެން ޕާޓީ އަކަށް ނުދެވޭނެ: މެމްބަރު ހަމްދޫން ހަމީދު

Mar 10, 2013

ޕީޕީއެމްގެ ލަގަން އެހެން ޕާޓީ އަކަށް ނުދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބުދުލް ހަމީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޔަގީން ޓީމުގެ ފަރާތުން ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ޕީޕީއެމް ހޮޅުއަށި ކައިރީގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ހަމްދޫނު ވިދާޅުވީ ޕީޕީއެމް ގެ ލަގަން އެހެން ޕާޓީ އަކަށް ނުދެވޭނެ އެވެ. އަދި ކޯލިޝަނެއް ހަދަން ޖެހިއްޖެ ނަމަ އެހަދާ ކޯލިޝަނަކީ ޕީޕީއެމްގެ ހައްގު ހިއްފަހައްޓާނެ ކެންޑިޑޭޓަކަށް ވާން ޖެހޭ ކަމަށާއި އެކަން ކުރެވޭނެ ބޭފުޅަކީ އަބުދުﷲ ޔާމީން ކަމަށެވެ.

އަބުދުﷲ ޔާމީނަށް ބޮޑު ބޭބޭފުޅު ވިދާޅުވާ ހަމްދޫނު އެޕާޓީގެ އަނެއް ރިޔާސީ ކެޑިޑޭޓަރ އުމަރު ނަސީރަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެބޭފުޅަކީ ޕީޕީއެމްގެ ކެންޑިޑަސީ ޔަގީން ކުރެވޭނެ ބޭފުޅެއް ނޫން ކަމަށާއި އެހެން ޕާޓީ ތަކަށް ފުރުސަތު ދީފައި ފަހަތަށް ޖެހޭނެ ކެންޑިޑޭޓެއް ބޭނުންފުޅު ނުވާ ކަމަށާއި އުމަރު ނަސީރުގެ ބަސްމަގު މިހާރު ވެސް ހުންނަނީ އެފަދަ ގޮތަކަށް ކަމަށެވެ.

“އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެން ޕާޓީ ތަކަށް ފުރުސަތު ދީފައި ފަހަތަށް ޖެހޭނެ ކެންޑިޑޭޓެއް. އަނެއް ކެންޑިޑޭޓު މިހާރު ވެސް އެބަ ވިދާޅުވޭ ފަހަތަށް ޖެހެން ޖެހިޖެއްޔާ ފަހަތަށް ޖެހޭނަމޭ އަދި އެއްވެސް ހާލެއްގައި އަލުގަނޑުމެން ނޭދެން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު ކަން ހޯދާފައި ރިޔާސީ އިންތިހާބަށް ކުރިމަތި ނުލާ ހުންނާކަށެއް. އަޅުގަނޑުމެން ބޭނުން ވާނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތީހާބުގައި ވާދަކޮށް އެހެން ކެންޑިޑޭޓުންނަށް ގޮންޖަހާލެވޭނެ އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ބޭފުޅެއް. އެބޭފުޅަކީ ހަމަ އެކަނި އަބުދުﷲ ޔާމީން.” މެމްބަރު ހަމްދޫނު ވިދާޅުވި އެވެ.

ޕީޕީއެމްގެ މި ޖަލްސާ ގައި ވަނީ އެޕާޓީ އަށް ތާއީދު ކުރާ ކުޅުދުއްފުށީ ގެ މެމްބަރުން ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355