twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭން މަސައްކަތު ދުވަހެއް ފާހަގަކޮށް 40 ހާހެއްހައި ރުފިޔާ ހޯދައިފި

Mar 10, 2013

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭން މަސައްކަތު ދުވަހެއް ފާހަގަކޮށް 40 ހާހެއްހައި ރުފިޔާ ހޯދައިފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ބެލެނިވެރިން “ޖޮބް ޑޭ” ގެ ނަމުގައި އިއްޔެ ފާހަގަ ކުރި މަސައްކަތު ދުވަހުން ޖުމްލަ 39556 ރުފިޔާ ލިބިފައިވާ ކަމަށް އެސްކޫލުން މަޢުލޫމާތު ދެއެވެ.

ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވީ މި މަސައްކަތު ދުވަހުން ލިބުނު ފައިސާ ހަރަދުކުރާނީ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށާއި ވަސީލަތްތައް ހޯދުމަށް ކަމަށެވެ.

ޖަލާލުއްދީން ސްކޫލުގެ ބެލެނިވެރިން 10 ގުރޫޕަކަށް ބަހާލައިގެން އިއްޔެ މަސައްކަތް ފަށާފައި ވަނީ 7:45 ގައެވެ. އަދި ރަށުގެ ހުރިހާ ހިސާބެއް ކަވާކޮށް މަސައްކަތް ނިންމާފައި ވަނީ ހަވީރު 4 ޖެހިއިރު އެވެ. މި ކަމުގައި 252 ބެލެނިވެރިން ވަނީ ބައިވެރި ވެފައެވެ.

ޖަލާލުއްދީން ސްކޫލްގެ މަސައްކަތު ދުވަހަށް ބެލެނިވެރިންގެ 100އިންސައްތަ ތަރުހީބު ލިބުނުކަމަށް ޕީޓީއޭގެ ނައިބްރައީސް އާސިމާ އަލީ ވިދާޅުވެއްޖެއެވެ.

އެ ސްކޫލުގެ ޕީޓީއޭ ފެ ނައިބު ރައީސް އާސިމާ އަލީ ވިދާޅުވީ ބެލެނިވެރިން ފަރާތުން އިއްޔެގެ ހަރަކާތަށް 100 ފަސެންޓް ލިބިފައި ވާކަމަށެވެ. މިގޮތުން ޖުމްލަ ގޮތެއްގައި ހުރިހާ ބެލެނިވެރިން ވެސް މިކަމުގައި އެއްބާރުން ދީފައިވާ ކަމަށާއި މިއީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށްވެސް އާސިމާ ވިދާޅުވި އެވެ.

ޕީޓީއޭ އިން މައުލޫމާތު ދޭ ގޮތުގައި ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމަށް އިތުރު 2 ހަރަކާތެއް މިއަހަރުގެ ތެރޭގައި ކުރުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. އޭގެ ތެރޭގައި ޖަންބަލް ސޭލަކާއި ވިޔަފާރިވެރިންނާއި ގުޅިގެން ބޭއްވޭ ޓްރޭޑްފެއަރ ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355