twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހަނިމާދޫ ބޮޑޭއަށް އެހީތެރިވުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވާ 13000 ރުފިޔާ ހޯދައިފި

Mar 11, 2013

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހދ. ހަނިމާދޫ ބޯގަންވިލާ މުހައްމަދު އާދަމް (ބޮޑޭ) 30، އަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫގެ ބޮޑުބެރު ގުރޫޕެއް ކަމަށްވާ ކެތިއަރާބޮޑުބެރު ގުރޫޕުގެ ފަރާތުން ބޭއްވި ކުޑަކުދިންގެ ހަވީރެއް ބާއްވާ 13000  ރުފިޔާ ހޯދައިފި އެވެ.

ކެތިއަރާ ބޮޑުބެރު ގުރޫޕުގެ ފަރާތުން ވާހަކަދެއްކެވި އަބްދުﷲ އަފީފު ވިދާޅުވީ މި ހަވީރުގެ މައިގަނޑު މަގްސަދަކީ ހަނިމާދޫ ބޮޑޭއަށް އެހިތެރި ކަމުގެ އަތެއް ފޯރުކޮސްދިނުން ކަމަށެވެ. މިގޮތުން އެދުވަހު ބެހެއްޓުނު ފަންޑުފޮއްޓަށް 9800 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި، ކެންޓީނުން 3000 ހަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

މި ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އެކި އެކި ސްޓޯލްތައް ހަދާ މަސްބޭނުމާއި، ފޭސް ޕެއިންޓިން ފަދަ ކުޅިވވަރުތައް ކުރިއަށްގެންގޮސްފައިވާކަމަށް އަފީފް މައުލޫމާތު ދެއްވިއެވެ.

ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ބޮޑޭގެ ދެ ކިޑްނީގެ 90 އިންސައްތަ ވަނީ ފެއިލްވެފައެވެ. އަދި މިހާރު ގުނަމުންދަނީ ރީނަލް ފެއިލިއަރ ގެ ފަހު ހަރުފަތުގެ ދުވަސްތަކެވެ.

ބޮޑޭއަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއާއި ސާއްބަ އެކުވެރި ކުލަބާއި ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި މަސައްކަތު ދުވަހެއް ފާހަގަަކޮށް ބައިލައްކައެއްހާ ރުފިޔާވެސް ވަނީ ހޯދާފައެވެ. އަދި މީގެ ކުރިން ވެސް ވަނީ ފަންޑް ރެއިސް ކުރުމުގެ ގޮތުގައި ތަފާތު ހަރަކާތްތައް ހިންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355