twitterviber whatsapp telegramfacebookyoutube instagram
28th May 2025
ADVERTISEMENT

ކުޅުދުއްފުށީގައި ބާއްވާ ޝީ ކޭމްޕްގައި ތެލްސީމިއާ އަދި ޑީއެންއޭ ޓެސްޓު ހެދުމުގެ ފުރުސަތު އޮންނާނެ

Mar 11, 2013

ކުޅުދުއްފުށީ ޕަބްލިކް ހެލްތު ޔުނިޓާއި މޯލްޑިވްސް ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝީ ކޭމްޕްގައި ތެލްސީމިއާ އަދި ޑީއެންއޭ ޓެސްޓު ހެދުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ޕަބްލިކް ހެލްތު ޔުނިޓުން ހާމަކޮށްފި އެވެ.

ޕަބްލިކް ހެލްތު ޔުނިޓުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ޝަބާނާ އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަހުގެ 14 އިން 16 އަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތު ޔުނިޓުގައި ކުރިއަށްގެންދާ މި ކޭމްޕްގައި ފީނެގޭ ހަމައެކަނި ޚިދުމަތަކީ ޑީއެންއޭ އަދި ތެލެސީމިއާ ޓެސްޓު ކަމަށެވެ. މިގޮތުން ތެލްސީމިއާ ޓެސްޓަކަށް 500 ރުފިޔާ ނެގޭނެ ކަމަށާއި ޑީއެންއޭ ހެދުމަށް 1000 ރުފިޔާގެ ފީއެއް ނެގޭނެ ކަމަށް ޝަބާނާ ވިދާޅުވި އެވެ.

މި ޓެސްޓު ތަކާއި ގުޅޭގޮތުން ޝަބާނާ އިތުރަށް ވިދާޅުވީ ޓެސްޓް ހެދުން ކުރިއަށްދާނީ 16 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން 4 އަށް ޕަބްލިކު ހެލްތު ޔުނިޓުގަ އެވެ. ޓެސްޓު ހެދުމަށް އަންނައިރު އައިޑީކާޑު ގެންނަންވާނެ ކަމަށާއި ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ ޔުނިޓު މެދުވެރިކޮށް ކަމަށްވެސް ޝަބާނާ މައުލޫމާތު ދެއްވި އެވެ.

މި ކޭމްޕްގައި އޮޕަރޭޝަން ޑަކްޓަރު ޑރ ޝިފާން އާއި މެޑިކަލް އޮފިސަރު ޑރ މާލިކް އަހުމަދު ވެސް ބަލިމީހުން ބައްލަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް މި ޚިދުމަތަށް އަގުނެގޭނީ އާސަންދައިގެ ތެރެއިން ކަމަށްވެސް ޝަބާނާ ވިދާޅުވިއެވެ. މިގޮތުން ބަލިމީހުން ބެއްލެވުމަށްފަހު ރަށުން ހައްލުކުރެވެން ނެތް މައްސަލަތައް މާލެއަށް ރެފާ ކުރައްވާނެކަމަށްވެސް ޝަބާނާ ވިދާޅުވިއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com