twitterviber whatsapp telegramfacebookyoutube instagram
5th May 2024

މޮބައިލް އިންޓަނެޓުގެ އާ ޕެކޭޖުތަކެއް ވަތަނިއްޔާއިން ލޯންޗްކޮށްފި

Mar 13, 2013

ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސް އިން މޮބައިލް އިންޓަނެޓުގެ ހިދުމަތް ދޭން ކުރިން ބޭނުންކުރި ޕެކޭޖުތަކުގެ ބަދަލުގައި 12 ޖީބީއާ ހަމައަށް އިންޓަނެޓު ލިބޭ ޕެކޭޖަކާ އެކު މުޅިން އާ ޕެކޭޖުތަކެއް ލޯންޗްކޮށްފި އެވެ.

ވަތަނިއްޔާ އިން ކުރިން ދިން މޮބައިލް އިންޓަނެޓުގެ ޕެކޭޖުތަކުގެ ބަދަލުގައި ތައާރަފުކުރި މި ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ 99 ރުފިޔާ އަށް ލިބޭ 500 އެމްބީގެ ޕެކޭޖަކާއި 199 ރުފިޔާ އަށް ލިބޭ ދެ ޖީބީގެ ޕެކޭޖަކާއި 299 ރުފިޔާ އަށް ލިބޭ ހަތަރު ޖީބީގެ ޕެކޭޖަކާއި 599 ރުފިޔާ އަށް ލިބޭ ހަތް ޖީބީ ޕެކޭޖަކާއި 899 ރުފިޔާ އަށް ލިބޭ 12 ޖީބީގެ ޕެކޭޖެކެވެ.

ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އައިޝަތު ޒަމްރާ ޒާހިރު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރިޕެއިޑް ކަސްޓަމަރުންނަށާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެއް ޕެކޭޖުތަކެއް ބޭނުންކުރެވޭނެ ކަމަށެވެ.

އަދި މި ފަސް ޕެކޭޖު ތައާރަފްކުރުމާ އެކު ކުރިން ބޭނުންކުރި ޕެކޭޖުތައް އުވިގެން ގޮސްފައިވާ ކަމަށާއި މި ޕެކޭޖުތަކާއި ކުރީގެ ޕެކޭޖުތަކުގެ އެންމެ ބޮޑު އެއް ފަރަގަކީ އަދި ފައިދާއަކީ އިތުރަށް ބޭނުންކުރާ ކޮންމެ އެމްބީއަކަށް ކުރިން 10ރ. ޗާޖު ކުރި ނަމަވެސް މިހާރު 10 ލާރި ޗާޖު ކުރުން ކަމަށްވެސް ޒަމްރާ ވިދާޅުވި އެވެ.

މި ޕެކޭޖުތައް ނަގަން ބޭނުންވާ ފަރާތްތަކުން އެ ޕެކޭޖެއް ގަންނަން ލިބޭ އަގު ކީވޯޑަކަށް ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކުރުމުން ޕެކޭޖު އެކްޓިވޭޓް ވާނެ ކަމަށް ވަތަނިއްޔާ އިން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355