twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުމަރު ނަސީރު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ކުރިއަށްދަނިކޮށް އެސަރަހައްދުގައި ބަޔަކު ހަމަނުޖެހުން ހިންގައިފި

Mar 12, 2013

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް އުމަރު ނަސީރު މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ، ކުރިއަށް ދަނިކޮށް އެސަރަހައްދުގައި ހަމަނުޖެހުމެއް ހިންގައިފި އެވެ.

ކުޅުދުއްފުށީގައި މިރޭ ޖަލްސާ ކުރިއަށް ދަނިކޮށް ފުރަތަމަ ހަމަނުޖެހުން އުފެދުނީ، ޖަލްސާ ކުރިއަށްދިޔަ ވަގުތު އެސަރަހައްދުގައި ދަމާފައިހުރި ދިދަތަކެއް ނައްޓަމުން ދިޔަ މީހަކު ހުއްޓުވަން މަސައްކަތްކުރަމުންނެވެ. ޕީޕީއެމްގެ ބައެއް ސަޕޯޓަރުންނާއި ދިދަތައް ނައްޓަމުން ދިޔަ މީހާއާ ދެމެދު މާރީމާރީ ހިންގި މަންޒަރު ފެނިފައިވެއެވެ. މާރާމާރީ ހިންގަން ފެށުމުން އެކަން ހުއްޓުވަން ޕީޕީއެމްގެ ގިނަ ބަޔަކު މަސައްކަތްކުރިތަންވެސް ފެނިފައިވެއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުން އެސަރަހައްދަށް އައިސް އެމީހާ އެތަނުން ގެންގޮސްފައި ވެއެވެ. ހަމަނުޖެހުން ހިންގަން އުޅުނު މީހާއަކީ ވަކި ސިޔާސީ ޕާޓީއެއްގައި އުޅޭ މީހެއްކަން އެނގިފައެއް ނުވެއެވެ.

މިރޭ ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ހަމަނުޖެހުން ހިންގި މީހާ ފުލުހުން ގެންދިއުމުން، އެމީހާގެ ބައެއް ރަށްޓެހިން އެސަރަހައްދަށް އައިސް ހަމަނުޖެހުން ހިންގަން މަސައްކަތްކުރި އެވެ. އެހެންނަމަވެސް ޕީޕީއެމްގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ މާރާމާރީއަކަށް ބަދަލުވުމުގެ ކުރިން ރުޅިގަދަވެފައި ތިބި  ސަޕޯޓަރުން އެތަނުން ދުރުކޮށްފައި އެވެ. މިރޭގެ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ކަށަވަރުކުރެވޭ ގޮތް އަދި ވަނީ ނުވެފައި އެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި އުމަރު ނަސީރުގެ އިތުރުން އުމަރުގެ ޓީމުގައި ހިމެނޭ މާޒް ސަލީމްއާ، އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހީމް ނާޒިމް ވެސް ވަނީ ވާހަކަ ދައްކަވާފައި އެވެ. މި ޖަލްސާގައި އުމަރު ޕީޕީއެމް ގެ ކެނޑިޑޭޓަކަށް ހޮވަންޖެހޭ ސަބަބުތަކުގެ މައްޗަށް ވާހަކަ ދެއްކެވިއިރު ކުރީގެ ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.

މިމަހުގެ ފަހުކޮޅުގައި ބާއްވާ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، މިރޭ އުމަރުގެ ޓީމުގެ ޖަލްސާގައި 300 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައި ވެއެވެ. މީގެ ކުޑަދުވަސްކޮލެއް ކުރިން ޔާމީންގެ ކެމްޕޭން ޖަލްސާއެއްވެސް ކުޅުދުއްފުށީގައި ބާއްވާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355