twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހިރިމަރަދޫ ބަނދަރުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭވަރުވާނެ: ހައުސިން މިނިސްޓަރ

Mar 15, 2013

ހދ. ހިރިމަރަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ފެށޭތޯ މަސައްކަތްކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ، ހިރިމަރަދޫ ބަނދަރުގެ މަސައްކަތާބެހޭގޮތުން ހދ. އަތޮޅު ކައުންސިލަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އެވެ. ފެކްސްގެ ޒަރީއާއިން ފޮނުއްވި މިސިޓީގައި ހައުސިން މިނިސްޓަރ ވިދާޅުވެފައިވަނީ ބަޖެޓުގެ ދަތިކަން އެބަހުރިކަމަށާއި އެހެންނަމަވެސް ހިރިމަރަދޫގެ ބަނދަރުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހު ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ހިރިމަރަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ މުޒާހަރާ ކުރާ ފަރާތްތަކާއި އެކު ހައުސިން މިނިސްޓަރުގެ ސިޓީ ހިއްސާ ކޮށްފައި ވާނެ ކަމަށާއި އެހެން ނަމަވެސް އެބޭފުން ބޭނުން ވަނީ ދިގު ތާރީހެއް ކަޑައެޅުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ބަނދަރުގެ މަސައްކަތް ފެށުން ކަމަށެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ފެށެންދެން މުޒާހަރާ ކުރާނެ ކަމަށާއި އަދި ހައުސް މިނިސްޓްރީގެ ޖަވާބަކީ ގަބޫލު ކުރެވޭނެ ޖަވާބެއް ނޫން ކަމަށް މުޒާހަރާގެ ބައިވެރިންނާއި ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ހދ ހިރިމަރަދޫގެ ބަނދަރުގެ މައްސަލާގައި އެރަށު ރައްޔިތުން ކައުސިލް އިދާރާ ހުޅުވިޔަ ނުދީ އިޙްތިޖާދު ކުރާތާ މިއަދަށް މިއީ 6 ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355