twitterviber whatsapp telegramfacebookyoutube instagram
27th October 2025

އިރުމަތި އަވަށު ޕްރީ ސްކޫލުގެ ސްޕޯޓްސް މީޓު ބާއްވައިފި

Mar 17, 2013

އިރުމަތި އަވަށު ޕްރީ ސްކޫލުގެ ޔޫކޭޖީ އަދި އެލްކޭޖީ ކުދިންގެ ސްޕޯޓްސް މީޓު ބާއްވައިފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށުނު މި މީޓް ޝަރަފްވެރި ކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ. މީޓު ފައްޓަވައި ދެއްވަމުން ޒިޔާދު ވިދާޅުވީ ކިޔެވުމުގެ އިތުރުން ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މިފަދަ ހަރަކާތްތައް ހިންގުމަކީ ވަރަށް މުހިއްމު ކަމެއް ކަަމަށެވެ.

މި ސްޕޯޓުސް މީޓުގައި ޖުމްލަ 21 ގޭމެއް ވަނީ ކުޅިފައެވެ. އޭގެ ތެރޭގައި ބައިސިކަލް ރޭހާއި، ގޯލް ޝޫޓާއި، ފަހަތަށް ހިނގުމާއި ގޯނިރޭސް ފަދަ ކުޅިވަރުތައް ވަނީ ކުޅިފައެވެ. 2 ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މީޓު ނިންމުމުގެ ގޮތުން ބެލެނިވެރިންވެސް ވަނީ ގޭމުތަކުގައި ބައިވެރިވެފަ އެވެ.

އިއްޔެ ހަވީރު ނިމުނު މި މީޓުގެ ގޭމުތަކުގެ ފައިނަލްތައް ބާއްވާ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް މެޑަލާއި ސެޓްފިކެޓު ދެއްވީ ސްޕޯޓުސް މީޓުގެ ޝަރަފްވެރި މެހެމާނުގެ އިތުރުން އަންހެނުންގެ ކޮމިޓީގެ މެމްބަރު ޖުވޭރިޔަތު ހަސަނާއި ޔުނިވަރސިޓީގެ ލެކްޗަރަރ އިބްރާހިމް މުހައްމަދާއި، ކައުންސިލު މެމްބަރު އަލީ ހަސަން އެވެ.

މި ސްޕޯޓުސް މީޓުގައި ބައިވެރިވެފައިވަނީ ޔޫކޭޖީގެ 53 ދަރިވަރުންނާއި އެލްކޭޖީގެ 63 ދަރިވަރުންނެވެ.

ސްޕޯޓްސް މީޓުގެ ފޮޓޯތައް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖަށް މިރޭ އަޕްލޯޑް ކުރެވޭނެ 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355