twitterviber whatsapp telegramfacebookyoutube instagram
28th August 2025

އާރތް އަވަރއަށް ހޭލުންތެރިކުރުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުގެ އިކޯކްލަބުން ޑޯޓުޑޯ ކެމްޕޭނެއް ކުރިއަށްގެންގޮސްފި

Mar 17, 2013

އާރތް އަވަރއަށް ހޭލުންތެރިކުރުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުގެ އިކޯކްލަބުން ޑޯޓުޑޯ ކެމްޕޭނެއް ކުރިއަށްގެންގޮސްފިއެވެ.

އިއްޔެ މެންދުރުފަހުން ފެށިގެން ކުރިއަށްދިޔަ މި ކެމްޕޭނުގައި އިކޯކުލަބުގެ ދަރިވަރުން ވަނީ ކުޅުދުއްފުށީގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް އާރތް އަވަރ ފާހަގަކުރުމުގެ މަގްސަދާއި މުހިއްމު ކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ.

“ގޯ ބިޔޯންޑް އާރތް އަވަރ”  މި ޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އާރތް އަވަރ މިއަހަރު ކުޅުދުއްފުށީގައި ފާހަގަ ކުރުމަށް ދި ޔޫތު މޫވްމަންޓާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އިއްޔެ 2 އިން 5 ޖަހަންދެން އިކޯކްލަބުގެ ބައިވެރިން ކުރިއަށްގެންދިޔަ މި ޑޯޓުޑޯ ކެމްޕޭން ވަރަށް ކާމިޔާބު ކަމަށް އެކުލަބުގެ މެމްބަރުން ހާމަަކުރެއެވެ.

10 .ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޭމްޕްގައި އިކޯ ކުލަބުގެ 70 މެމްބަރުން ވަނީ ބައިވެރިވެފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355