twitterviber whatsapp telegramfacebookyoutube instagram
22nd May 2025
ADVERTISEMENT

ހިރިމަރަދޫ ރައްޔިތުން ކުރަމުންދާ އިހުތިޖާޖުގައި ކުޅުދުއްފުށީގެ 5 ކައުންސިލަރަކު ބައިވެރިވެއްޖެ

Mar 20, 2013

ހިރިމަރަދޫއިން އަޙްމަދު މުޙަންމަދު

ހިރިމަރަދޫ ބަނދަރުގެ މައްސަލާގައި އެރަށު ރައްޔިތުން ކައުންސިލްގެ އިދާރާ ބަންދުކޮށްގެން ކުރަމުންދާ އިހުތިޖާޖުގައި 18 މާރޗް 2013 ވީ ހޯމަދުވަހު ކުޅުދުއްފުށީގެ 5 ކައުންސިލަރަކާއި ރައްޔިތުންގެ ތެރެއިން ބަޔަކު ބައިވެރިވެއްޖެ އެވެ.

ކުޅުދުއްފުށިން މިއިހްތިޖާޖުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުގައި، އިހްތިޖާޖުގެ ބައިވެރިންނަށް ބޯފެނާއި ލުއި ބުއިމުގެ އެހީއެއް ފޯރުކޮށްދެއްވިއެވެ.

މިއިހްތިޖާޖުގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލް މެމްބަރ ޖަމްޝީދު މުހައްމަދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އަސާސީ ހައްޤެއް ހޯދުމަށް ކުރިއަށްގެންދާ އިހްތިޖާޖަށް ކުޅުދުއްފުށީ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އެބައޮތްކަމަށެވެ.

މީގެ އިތުރުން މިއިހްތިޖާޖުގެ ބައިވެރިންނާ މުހާތަބުކޮށް ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް ފާރޫޤް ވިދާޅުވީ މިކަމާއި ގުޅިގެން ހިރިމަރަދޫގައި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީގައި މުޒާހަރާއެއް ބާއްވާނެކަމަށާއި އަދި ހޮނިހިރު ދުވަހުގެރޭ ހިނގާލުމެއް ބާއްވާނެކަމަށް ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުން ކުރަމުންދާ އިހްތިޖާޖަށް 10 ދުވަސް ވެފައިވާއިރު، މި އިހްތިޖާޖްގައި މީގެކުރިންވެސް ބައެއް މަޖިލިސް މެމްބަރުންނާއި މިއަތޮޅު ނޮޅިވަރަމް ރައްޔިތުންގެ ތެރެއިން ބަޔަކުވެސްވަނީ ބައިވެރިވެފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com