twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހދ. ނާވައިދޫ ރައްޔިތުންނަށް ރަށް ގިރުމުގެ ނުރައްކާ ބޮޑުވެފައި

Mar 24, 2013

އާބާދީގައި 805 މީހުން ރަޖިސްޓްރީވެފައިވާ ހދ ނާވައިދޫއަކީ އުތުރުގެ ރަށްރަށުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ރަށެވެ. ރަށުގެ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައަކަށް މިކަން ވެފައިވާއިރު ބޯމަތިވަމުން އަންނަ ހުޅަނގު މޫސުމުގައި މިކަންތައްތައް އިތުރުވާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.

ނާވައިދޫގެ ގެތަށް މޫދާއި 30 ނުވަތަ 70 ފޫޓު ކައިރީގައި ހުންނައިރު އުދައަރާ ރަށްގިރާ ދުވަސްވަރެއްގައި އާއްމު ރައްޔިތުންނަށް މިކަމުގެ ނުރައްކާތެރިކަން ނުހަނު ބޮޑުވެފައިވެއެވެ. ކުރިން މީހުން ދިރިނޫޅޭ ބޯޅަދަނޑު ސަރަހައްދު ގިރަމުން ދިޔަކަމުގައިވިނަމަވެސް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ރަށްގިރުން އިންތިހާއަށް ވަނީ އިތުރު ވެފައެވެ.

މިކަމާއި ގުޅޭގޮތުން ނާވައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ރަށްގިރުމުގެ މައްސަލަ ކަމަށާއި، ހުޅަނގު މޫސުމުގައި ރަށްގިރާ އުދައެރުން އިތުރުވާނެ ކަމަށެވެ. އަދި ސުނާމީ އަށްފަހު ރަށް ގިރުން އިތުރުވެ ރަށުގެ ވަރަށް ބޮޑު ބައެއް ގިރާފައިވާ ކަމަށާއި މިކަން މިހާރު ސަރުކާރުގެ އިސްވެރިންގެ ސަމާލުކަމަށް އެތައް ފަހަރެއްގެ މަތިން ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

“ރާޅު ޖަހާ ހިސާބުގަވެސް ބައެއް ގެތަށް އެބަހުރި. އަޅުގަނޑުމެން އެތައް ފަހަރެއްގެ މަތިން އެބޭފުޅުންގެ ސަމާލުކަމަށް މިކަން ގެނެސްފައި ވާނީ. އެއްވެސް އެދެވޭ ޖަވާބެއް ނުލިބޭ.” ކައުންސިލުގެ ރައީސް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރަށުގެ ރައްޔިތުން ދެން އެންމެ އަވަހަށް ބޭނުންވަނީ އެރަށުގައި މިސްކިތެއް އެޅުން ކަަމަށެވެ. ރަށުގައި ހުރި 47 އަހަރުވީ މިސްކިތް މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ އިރު އެ މިސްކިތް މަރާމާތު ކޮށްގެން ފައިދާއެއް ނުލިބޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

ހދ. ނައިވާދޫގެ 95 އިންސައްތަ މީހުންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. ނާވައިދޫ އޮންނަނީ ހދ އަތޮޅުގެ ހުޅަނގު ބިތުގައި އެވެ. ނާވައިދޫ އާއި ކުޅުދުއްފުއްޓާއި ދެމެދު ހުންނަނީ 18 ވަރަކަށް ކިލޯ މީޓަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355