twitterviber whatsapp telegramfacebookyoutube instagram
27th October 2025

މެމްބަރު ނަޝީދު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހަދިޔާ ކުރައްވައިފި

Mar 22, 2013

ރައްޔިތުންގެ މަޖިލީހުގެ ކުލުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް ކޮމްޕިއުޓަރ ސިސްޓަމް ތަކެއް ހަދިޔާ ކޮށްފި އެވެ.

ނަޝީދު ނިސްބަތްވާ ދާއިރާގެ މި ސްކޫލަށް ނަޝީދު ހަދިޔާ ކޮށްފައިވަނީ ޑެލް ބްރޭންޑުގެ 660 ސީރީސްގެ 20 ކޮމްޕިއުޓަރެވެ.

އަފީފުއްދީން ސްކޫލުގެ އިސްބޭފުޅަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މެމްބަރު ނަޝީދު އެންމެ ފަހުން ކުޅުދުއްފުއްޓަށް ވަޑައިގަން ފަހަރު، އެސްކޫލަށް ޒިޔާރަތްކޮށް ކޮމްޕިއުޓަރ ލެބް ބައްލަވައިލައްވާ މިވަގުތައް ސްކޫލަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވައި ހެއްދެވި ކަމަށެވެ .

މި ކޮމްޕިއުޓަރުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެ ސްކޫލުގެ ކޮމްޕިއުޓަރ ލެބް އަޕުގުރޭޑް ކުރުމަށް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް މެމްބަރު ނަޝީދު ވަނީ ކުޅުދުއްފުށީގެ ބައެއް ސްކޫލު ތަކަށް ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އެގޮތުން އަފީފުއްދީން ސްކޫލަށް 43 އިންޗީގެ ސެމްސަންގް އެލްސީޑީ 8 ޓީވީ ގެ އިތުރުން އަމީރު އަމީން ސްކޫލަށް ވަނީ އޯލް އިން ވަން ޕްރިންޓަރަކާއި ލެޕްޓޮޕެއް  ހަދިޔާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355