twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ލިޓިލްމެއިޑް ގެ ދަރިވަރުން 1 ދުވަހުގެ އައުޓިންއެއް ބާއްވައިފި

Mar 23, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ލިޓިލްމެއިޑް ގެ ދަރިވަރުން 1 ދުވަހުގެ އައުޓިންއެއް ބާއްވައިފި އެވެ.

އެސްކޫލުގައި ބޭއްވި މިހަރަކާތާބެހޭ ގޮތުން ލިޓިލްމެއިޑް ގައިޑް މަރްޔަމް ޒަކަރިއްޔާ ވިދާޅުވީ މިއީ ދަރިވަރުންގެ އަތްމަތީ ފޮތުގައި ފުރިހަމަ ކުރައްޖެހޭ ބައެއް ފުރިހަމަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި އަންހެން ކުދިން އެކުދިން ގޭތެރޭ މަސައްކަތް ދަސްކުރުމާއި ސާފުތާހިރު ކޮށް ތަރުތީބު އެއްޗެހި ގެންގުޅެއް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އިއްޔެ ހަވީރު އެމްއެންޑީއެފް އާއި ގުޅިގެން ދަރިވަރުންނަން ވަނީ އަލިފާން ނިއްވުމާބެހޭ ގޮތުން މައުލޫމާތު ދީފައެވެ.

އިއްޔެ ހެނދުނު 8 ޖެހިއިރު ފެށުނު މިހަރާކާތުގައި އެސްކޫލުގެ ލިޓިލްމެއިޑް 3 ޕެކްގެ ތެރެއިން މި އައުޓިންގައި ބައިވެރިވަނީ ގޯލްޑް ޕެކްގެ 24 ކުދިންނެވެ. އަނެއް ދެޕެކް ކަމަށްވާ ގްރީން ޕެކް 28 އަދި ސިލްވަރ ޕެކްގައި 20 ދަރިވަރުންނަން ކުރިއަށް އޮއްތާ އައުޓިން އޮންނާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355