twitterviber whatsapp telegramfacebookyoutube instagram
11th August 2026

އަމަލީ ތަޖުރިބާ ހޯދުމަށް ހދ އޭއީސީގެ ކަބް ސްކައުޓުން ނޮޅިވަރަމް ސްކޫލުގައި ކޭމްޕް ޖަހައިފި

Mar 23, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒު ގެ ކަބް ސްކައުޓް ދަރިވަރުން، އަމަލީ ތަޖުރިބާ ހޯދުމަށް ހދ. ނޮޅިވަރަމަށް ޒިޔާރަތް ކޮށްފި އެވެ.

އިއްޔެ ފެށި އަމަލީ ތަޖުރިބާ ހޯދުމުގެ މި ދަތުރުގައި އެސްކޫލުގެ ދަރިވަރުން ނޮޅިވަރަމް ސްކޫލު ތެރޭގައި ޓެންޓު ޖަހައިގެން 2 ދުވަހު ތިބޭނެއެވެ.

މިދަތުރާ ބެހޭ ގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލުގެ ކަބް ސްކައުޓް ލީޑަރ މަރްޔަމް އަބޫބަކުރު ވިދާޅުވީ ސްކައުޓް ގައި އެކުދިން އުޅޭ 3 އަހަރު ތެރޭގައި ރަށުން ބޭރުގައި އަމަލީ ތަޖުރިބާ ހޯދަން ޖެހޭކަމަށާއި އެގޮތުގެ މަތިން އެކުދިން ދަސްކުރި އެއްޗެހި އަމަލީ މައިދާނުގައި ބޭނުން ކުރުމާއި އެކުދިން އަމިއްލަ ދިރިއުޅުމުގެ ކަންތައް ކުރަން ދަސް ކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.

6 އޮފިސަރުންނާއި 4 ބެލެނިވެރިޔަކުވެސް މި ދަތުރުގައި ބައިވެރިވެއެވެ. ޖުމުލަ 4 ގުރޫޕަކަށް ބަހާލައިގެން ވަކިވަކިން ކުރިއަށް ގެންދާ މިހަރަކާތުގައި އެ ސްކޫލުގެ 32 ސްކައުޓުން ބައިވެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355