twitterviber whatsapp telegramfacebookyoutube instagram
27th October 2025

ހޭއްޔާ މަކިޓާ ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

Mar 24, 2013

މަކިޓާގެ ފަރާތުން “ހޭއްޔާ މަކިޓާ”ގެ އާ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ފަށައިފި އެވެ.

މާރޗް 24 އިން 28 އޭޕްރީލް އާ ހަމައަށް އެސްޓީއޯއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ބައެއް މަކިޓާގެ ޓޫލްސްއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ގެ ތެރޭގައި އެސްޓީއޯ އިން ގަންނަ އަދި މި ޕްރޮމޯޝަންގައި ހިމެނޭ މަކިޓާގެ ކޮންމެ ޓޫލަކަށް %25 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި މީގެ އިތުރުން 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ވަރަށް ހާއްޞަ ލަކީޑްރޯއެއް ގައި ބައިވެރިވުމަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލަކީޑްރޯ ގެ އެއްވަނަ އިނާމެއްގެ ގޮތުގައި 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ހަދިޔާއެއްގެ ގޮތުގައި ދޭނެކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި މަކިޓާ އަގުހުރި މޮޓޯ ބައިސްކަލެއް އަދި ތިންވަނަ އިނާމެއްގެ ގޮތުގައި 6000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްެރޮމޯޝަން ގައި ވިއްކާ މަކިޓާ ޓޫލްސް ތަކަށް 12 މަސް ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން މަޢުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355