twitterviber whatsapp telegramfacebookyoutube instagram
12th February 2026

ހދ ކުމުންދޫގައި ނުރައްކާތެރި ވައިރަލް ހުމެއް ފެތުރެން ފަށައިފި

Mar 25, 2013

ހދ ކުމުންދޫގައި ނުރައްކާތެރި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ހާމަކޮށްފި އެވެ.

ކުމުންދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް ރަހުމާ އާދަމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށު ތެރޭގައި ނުރައްކާތެރި ވައިރަލް ހުމެއް ފެތުރެމުން އަންނަ ކަމަށާއި އެގޮތުން މި ހުން ޖެހެނީ އާންމުކޮށް 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށެވެ. އަދި އެ ހުން ޖެހުމުން ގައިގާ ބިހި ތަކެއް ނަގާ ކަމަށް ރަހުމާ ވިދާޅުވި އެވެ.

“މިހާރު ރަށު ތެރޭގަ ވަރަށް ގަދައަށް ހުމެއް އެބަފެތުރޭ. ވައިރަލް ހުމެއް. 5 އަހަރުން ދަށުގެ ކުޑަކުދިންނަށް އާއްމުކޮށް މި ޖެހެނީ. ދެން ހުން އައިސް ބިހި ތަކެއް ނަގާފަ ހުންނަނީ” ރަހުމާ ވިދާޅުވި އެވެ.

ރަހުމާ ވިދާޅުވީ މި ހުން ޖެހިގެން ދުވާލަކު 10 ނުވަތަ 12 ކުދިން ޑޮކްޓަރަށް ދައްކާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ކުއްޖަކު އަދި އެޑްމިޓް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް ކުއްޖަކަށް މި ހުން ޖެހިއްޖެ ނަމަ މީހުންގެ ތެރެއަށް ނުނެރުމަށް ރަހުމާ އިލްތިމާސް ކުރެއްވިއެވެ.

ކުމުންދޫ ސިއްހީ މަރުކަޒުގައި މިވަގުތު ކުޑަކުދިންގެ ޑޮކްޓަރެއް ނެތް ނަމަވެސް އާއްމު ބަލީގެ ޑޮކްޓަރެއް ހުރި ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއްވައެވެ.

މިހާރު ފެތުރެމުންދާ ވައިރަލް ހުމުން ސަލާމަތްވެ ތިބުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދެމުން އަންނަކަމަށް ރަހުމާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355