twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުމުންދޫ ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި

Mar 28, 2013

ހދ. ކުމުންދޫ ކައުންސިލްގެ ބައްދަލުވުމެއްގައި ދާދިފަހުންރައީސްކަމުގެ މަޤާމާއި ނައިބު ރައީސް ކަމުގެ މަގާމަށް މެމްބަރުން އިންތިހާބު ކުރި ގޮތުގައި މައްސަލަތަކަށް އުޅޭކަމަށްބުނެ،  އެކައުންސިލްގެ މެމްބަރެއް ހުޅަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކުމުންދޫ ކައުންސިލްގެ މައްޗަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

އިއްޔެ  ކުމުންދޫ ކޯޓުން ނެރެފައިފާ މި އަމުރުގައި ވަނީ ހދ.ކުމުންދޫ ކައުންސިލްގެ 2013 ވަނަ އަހަރުގެ 12 ވަނަ ކުއްލި ޖަލްސާގައި ނިންމި ކައުންސިލްގެ ރައީސްކަމުގެ މަޤާމް އިންތިޚާބުކުރިކުރުމާބެހޭގޮތުން ކޯޓުން ވަކިގޮތަކަށް މައްސަލަ ނިންމަންދެން އަމަލުކުރުން ފަސްކުރުމަށެވެ

ކުމުންދޫ ކައުންސިލްގެ މައްޗަށް މި އަމުރު ނެރެފައިވަނީ ކައުންސިލް މެމްބަރު މުހައްމަދު ޝާފީ، އެއިދާރާގެ މައްޗަށް ކުރި ދައުވާ އަކާއި ގުޅިގެންނެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހދ.ކުމުންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މި  މައްސަލައަކީ ހދ.ކުމުންދޫ ކައުންސިލްގެ 2013 ވަނަ އަހަރުގެ 12 ވަނަ ކުއްލި ޖަލްސާގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުންގެ ޤާނޫނު (2010/7)ގެ ދަށުން ހަދާފައިވާ “ކުމުންދޫ ކައުންސިލްގެ ހިންގާ ގަވާއިދު 2011″ ގައި ބަޔާންކުރާ ހަމަތަކާއި ޚިލާފަށް ކުމުންދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްކަމުގެ މަޤާމަށް ކައުންސިލް މެންބަރުން އިންތިޚާބުކުރެވުމާއި ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355