twitterviber whatsapp telegramfacebookyoutube instagram
12th February 2026

އަނބިމީހާގެ ފިރިހެން ކޮއްކޮއާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގައި ތުހުމަތުގައި ޅިޔަނު ހައްޔަރުކޮށްފި

Mar 28, 2013

އަނބިމީހާގެ 13 އަހަރުގެ ފިރިހެން ކޮއްކޮއާއެކު ގަދަ ކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ގައި ހދ ކުމުންދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.

ކުމުންދޫ މީހަކާ ކައިވެނިކޮށްގެން އުޅޭ ސ. ހިތަދޫ އުމުރުން 39 އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުން ވެސް ވަނީ އެކަން މިނޫހަށް ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ފޮލިހަށް މިމަހު 26 ވަނަ ދުވަހު ހުށަހުޅުނު ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެމީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރު ނެރެފައިއެވެ.  ކުމުންދޫގައި ވަޒަންވެރިވެގެން އުޅޭ އެ މީހާގެ ތިން ދަރިން ވެސް ތިބެއެވެ.

މި މައްސަލަ މިހާރު ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ގެންދަނީ ތަޙްގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355