twitterviber whatsapp telegramfacebookyoutube instagram
8th July 2025

ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

Mar 29, 2013

ދިވެހި ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވާއިރު މި ހަރަކާތް ކުޅުދުއްފުށީ ފުލުހުންގެ މަރުކަޒުގައި ވެސް ވަނީ ބާއްވާފައެވެ .

މިއަދު ހެނދުނު 08:00 ގައި ކުޅުދުއްފުށީ ހުންނަ ފުލުހުންގެ މަރުކަޒުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ ފަތުހުﷲ ވަހީދުއެވެ. މީގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސްޓޭޓް އިންޗާޖް ސާރޖެންޓް އަލީ ރަޝީދާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބުރާހިމް ރަމީޒު އާއި ކުޅުދުއްފުށީ ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމް އަދި ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ރަޝީދާއި ކުޅުދުއްފުށީ ޕުލުހުންގެ މަރުކަޒު ގައި މަސަކަތް ކުރާ ފުލުހުން ބައިވެރިވެވަޑައިގަތެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެއްޓި މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ފުލުހުންގެ އަޒުމް ކިޔުމާއެކު ޚާއްޞަ ދުޢާއެއްވެސް ކޮށްފައިވެއެވެ. އަދި ރަސްމިއްޔާތު ނިންމާލާފައިވާ ގައުމީ ސަލާމުންނެވެ.

ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން މާލޭގެ އިތުރުން ރާއްޖޭގެ ހަތް ސަރަހައްދެގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355