twitterviber whatsapp telegramfacebookyoutube instagram
28th April 2024

އަދާލަތު ޕާޓީގެ ގޮފި އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ އަށް ގަވައިދުގައި ބުނެފައިވާ އަދަދަށް މެމްބަރުން ހަމައެއްނުވި

Mar 30, 2013

އަދާލަތު ޕާޓީގެ ކުޅުދުއްފުށީ ގޮފި އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާ ގައި ގަވައިދުގައި ބުނެފައިވާ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން ގޮފި އިފްތިތާހު ކުރުން ފަސްކޮށްފި އެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގައި ވާ ގޮތުން އެޕާޓީގެ ގޮތްޕެއް ހެދޭނީ 50 މެމްބަރުން ހަމަވާ ޖަލްސާ އެއްގައެވެ.ގޮފި އިފްތިތާހު ރޭ ނުކުރެވުނު ނަމަވެސް ރައްޔިތުން ދީނީ ހޭލުންތެރިކުރުމުގެ ގޮތުން ވަނީ ދީނީ ނަސޭހަތް ދެއްވާފައެވެ.

ރޭ އަފީފުއްދީން ސްކޫލު ގައި ބޭއްވި މި ޖަލްސާ ގައި ފުރިހަމަ އީމާންކަމާއި ކެއްތެރިވުމާއި އިންސާނީ މުޖުތަމަޢު އަށް ގެއްލުމާއި ހަލާކު ދެދުނިޔޭން ލިބިދޭ އެންމެހާ ކަންކަމުން ރައްޔިތުން ދުރުހެލިވުމަށް ނަސޭހަތްތެރި ވެފައިވެއެވެެ.އަދި ރަގަޅު ކަންކަމުގައި ދެމިހުރުމަށާއި ނުބައިކަންކަމުން ދުރުހެލި ވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކުރުމަށް ގޮއްވާލި އެވެ.

މިޖަލްސާގައި ރައްޔިތުންނަން ދީނީ ނަސޭހަތް ދެއްވީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިސްގެ މެމްބަރ ޝޭޚް މުހަންމަދު ދީދީ އެވެ. މީގެ އިތުރުން އައްސަދު ﷲ ޝާފީ ވެސް ވަނީ ޖަލްސާ ގައި  ވާހަކަ ދައްކަވާފައެވެ. މިޖަލްސާ ގައި ދާދިފަހުން އަދާލަތު ފާޓީއަށް ސޮއި ކުރެއްވި ހދ އަތޮޅު ކައުންސިލް މެމްބަރ އަހުމަދު ޚަލީލް ވަނީ ބައިވެރިވެފައެވެ.

އަދާލަތު ޕާޓީ ގައި ކުޅުދުއްފުށީގެ 450 ހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވާއިރު ރޭ ބޭއްވި ޖަލްސާ އަށް ގޮސްފައިވަނީ އެޕާޓީގެ 40 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355