twitterviber whatsapp telegramfacebookyoutube instagram
8th July 2025

ޕީޕީއެމް ޕްރައިމަރީ – ކުޅުދުއްފުށީގައި ބެހެއްޓި ވޯޓުފޮށިން އުމަރު ކުރި ހޯއްދަވައިފި

Mar 30, 2013

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކައި މިއަދު ބޭއްވި އިންތިހާބުގައި، ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮށިން އުމަރު ނަސީރު ކުރި ހޯއްދަވައިފި އެވެ.

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުން ނިންމާލާފައި ވަނީ މިއަދު ހަވީރު ހަތަރުގަޑި ފަހެއްގަ އެވެ. އަދި ވޯޓު ފޮށިކަނޑާ ވަގުތީ ނަތީޖާ އިއުލާން ކުރިއިރު، ކެންޑިޑޭޓް އުމަރު ނަސީރަށް ލިބިފައި ވަނީ 297 ވޯޓެވެ. އަދި އުމަރާ ވާދަކުރެއްވި މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ލިބިފައިވަނީ 144 ވޯޓެވެ. ކުޅުދުއްފުށީގައި ޖުމްލަ 458 މެމްބަރުން ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލީއިރު، 17 ވޯޓު ވަނީ ބާތިން ވެފައެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގައި ރަޖިސްޓްރީ ވެފައި 721 މެމްބަރުން އެބަތިއްބެވެ.

މިއަދުގެ ވޯޓުލުން ނިމި ވޯޓުފޮށި ބަންދުކުރުމުގެ ކުރިން އިންތިހާބުގައި ވާދަކުރި އަބްދުﷲ ޔާމީނަށް ކުރާ ތާއީދު ޔަގީން ޓީމުގެ އޮބްޒާވަރުންނާއި އަސުރުމާ ގޮފީގެ ރައީސް ވަނީ ވޯޓާ މަރުކަޒު ދޫކޮށްގޮސްފަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންގޮސް މިހާރު ދަނީ ގުނުމުގެ މަސައްކަތް ކުރަމުންނެވެ.

ކުޅުދުއްފުށީގެ ނަތީޖާ

އަބްދުﷲ ޔާމީން – 144 ވޯޓު

ޢުމަރު ނަޞީރު – 297 ވޯޓު

ސައްހަ – 441 ވޯޓު

ބާތިލް – 17 ވޯޓު

ޖުމަލަ – 458 ވޯޓު

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355