twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހދ އަތޮޅު ޤުރުއާން މުބާރާތް އޭޕްރީލް މަހުގެ 11 ގައި ފަށަނީ

Mar 31, 2013

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް ބޭއްވޭ ހދ އަތޮޅު ޤުރުއާން މުބާރާތް އޭޕްރީލް 11، 12 އަދި 13 ގައި އޮންނާނެ ކަމަށް އަތޮޅު ކައުންސިލުން ހާމަ ކުރައްވައިފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ ޤުރުއާން މުބާރާތަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުންދާ ކަމަށެވެ. މިގޮތުން  މިދިޔަ އަހަރު މަކުނުދޫގައި ބޭއްވުނު މުބާރާތް ފަދައިން އިންތިޒާމްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހުސައިން ރަޝީދު ވިދާޅުވީ އެހެނިހެން ރަށްރަށުގެ ދަރިވަރުން ކުޅުދުއްފުށީގައި ތިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ވީހާވެސް ހަރަދު ކުޑަ ގޮތަކަށް މިކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިމުބާރާތުގައި ހިރިމަރަދޫ އާއި ފިނޭ ފިޔަވާ ހދ އަތޮޅުގެ އެހެނިހެން ރަށްރަށުން 140 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355