ރާއްޖޭގެ އެންމެބޮޑު އެއް ވިޔަފާރި ކުންފުނި އެސްޓީއޯއިން ހިޓާޗީ މަރުކާގެ މުޅިން މޮޑެލްއެއްގެ އައިސް އަލަމާރިއެއް ރާއްޖޭގެ ބާޒާރަށް މިރޭ ތައާރަފް ކޮށްފި އެވެ.
އެސްޓީއޯ އިން މަޢުލޫމާތު ދޭގޮތުގައި މިޕްރޮޑަކްޓަކީ މުޅިން އައު ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ ބިއްލޫރިން ފަރުމާކޮށްފައިވާ ޑިޒައިން އެކުލެވޭ، 3 ކުލައިގައި ލިބޭ އައިސް އަލަމާރިއެކެވެ. ހުދު، ކަޅު އަދި ބްރައުން ކުލައިގައި ލިބޭ މި އައިސް އަލަމާރީގެ ގަނޑުކުރާބައި ހުންނަނީ ތިރީބައިގައެވެ.
އެސްޓީއޯ އިން ބުނީ މި އަސިސްއަލަމާރި އަކީ ޚަރަދު ކުޑަ ކުރާގޮތައް ތައްޔާރު ކޮށްފައިވާ ތަފާތު ގިނަ އިތުރު ކަންކަން އެކުލެވޭ މޮޅު އައިސް އަލަމާރިއެކެވެ. މީގެ ތެރޭގައި މުޅިން އައު ސްމާރޓް ވެޖް ކޮމްޕާރޓްމަންޓެއްގެ އިތުރުން ޓަޗްސްކްރީން އަކާއި މޫވަބަލް އައިސް ޓްރޭ އެއް އެކުލެވެއެވެ. އޭގެ ތެރޭގައި ސްމާރޓް ވެޖް ކޮމްޕާރޓްމަންޓް އަކީ ގިނައިން ތަރުކާރީގެ ބާވަތްތައް ގިނަދުވަހު ބެހެއްޓޭ ގޮތައް ތައްޔާރު ކޮށްފައިވާ ކޮމްޕާރޓްމަންޓެކެވެ. މި އައިސް އަލަމާރިން ބެނުންކުރެވޭ 2 މޯޑް އިން މޯޑަކަށް ބަދަލު ކޮށްލުމަށް ފަސޭހަކަމާއި އެކު ދޮރުފަތުގައި އެކުލެވިފައިވާ ޓަޗް ސްކްރީނުން ބަދަލުކޮށްލެއެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި މި ޕްރޮޑަކްޓްތައް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުންނާއި އެސްޓީއޯގެ ރީޖަނަލްސް އިން ލިބެން ހުންނާނެއެވެ. އޭގެ އިތުރުން މި ޕްރޮޑަކްޓް އެސްޓީއޯގެ ފްރީ ޑެލިވަރީ ގެ ދަށުން ހިލޭ ގެއަށް ގެންގޮސް ދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.
ސޯޝަލް ސެންޓަރ ގައި އޮތް އިންޓަރ ކޮލެޖް/ޔުނިވަރސިޓީ ބާސްކެޓް ބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ހާފް ޓައިމް ގައި މި ޕްރޮޑަކްޓް ތަޢާރަފް ކޮށްދެއްވީ އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިންގ ގެ ޖެނެރަލް މެނޭޖަރ އާދަމް އާޒިމް އެވެ.
މި މޮޑެލްގެ އައިސްއަލަމާރިއަށް 1.5 އަހަރުގެ ސާރވިސް ވޮރެންޓީ އާއި 5 އަހަރު ދުވަހުގެ ކޮމްޕްރެސަރ ވޮރެންޓީ ވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.