twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސިހުރު ހަދާކަމުގެ ތުހުމަތުގައި، ކުރިނބީއަށް ގޮސްހުރި ކުޅުދުއްފުށީ މީހަކު ހައްޔަރުކޮށްފި

Apr 1, 2013

ސިހުރު ހަދާކަމުގެ ތުހުމަތުގައި، ހދ. ކުރިނބީއަށް ގޮސްހުރި ކުޅުދުއްފުށީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާއިން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކުރިނބީއަށް ގޮސް ހުރި އުމުރުން 67 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާގެ ނަން ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް މިނޫހަށް އެނގިފައިވާގޮތުގައި މިއަދު މެންދުރުފަހު ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ރެޑިއަމްގެ އާދަމް ޤާސިމް (67 އަހަރު) އެވެ.

ފުލުހުންގެ މީޑިޔާއިން ހާމަކުރައްވާ ގޮތުގައި ކުރިނބީގައި އާދަމް ހުންނަ ގުލްފާމުގެ މިއަދު ބަލާ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މި ފާސްކުރި ކުރުމުގައި ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ބައެއް ސާމާނު ވަނީ ފެނިފައެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި އާދަމްބެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި ސިހުރު ނަހަދާ ކަމަށާއި ފަންޑިތަ ހަދާ ކަމަށް ބުނަމުން ގޮސްފައިވެއެވެ.

މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އާދަމްބެއަކީ ދޭތެރެ ދޭތެރެއިން ކުރިނބީއަށް ގޮސް، ފަންޑިތަ ހަދާ އުޅޭ މީހެއް ކަމަށް އެރަށު ބައެއް މީހުން މިނޫހަށް މައުލޫމާތު ދީފައިވެއެވެ. އަދި މިއަދު ފުލުހުން އެރަށަށް ދިޔައިރު އާދަމްބެ ހުރީ، ކުރިނބީ  މީހުން އާންމުކޮށް އެ މީހާ ސިހުރާއި ފަންޑިތަ ހަދާތަނެއް ކަމަށް ބުނާ ގުލްފާމްގެއާއި ދިމާއިން އުތުރު ފަރާތު ހޭޅިފަށުގައި ހަދާފައިވާ ހޮޅުއަށީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355