ހުސްވި 2012 އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 13 މައްސަލައަކާއެކު ކުޑަކުދިންނާ ގުޅުންހުރި ޖުމްލަ 49 މައްސަލަ ހުށަހަޅާފައިވާކަމަށް ކުޅުދުއްފުށީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން ބުނެފި އެވެ.
މިނޫހަށް މައުލޫތު ދެއްވަމުން އެސެންޓަރުގެ ފަރާތުން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައާ ގުޅުންހުރި 13 މައްސަލައަކާއި ޖިސްމާނީ ހާނިއްކަގެ 6 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ނިމުނު އިރު ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ދެން އެންމެ ގިނައީ ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅިގެން އެ ސެންޓަރަށް ހުށަހެޅިފައިވާ މައްސަލަތަކެވެ. އަހުލާގީ 11 މައްސަލައެއް ހުށަހަޅާފައިވާއިރު އާއިލީ މައްސަލައިގެ ގޮތުގައި 9 މައްސަލައެއް ހދ އަތޮޅުން ހުށަހަޅާފައިވެ އެވެ. އަދި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލައަކާއި ތަފާތުކުރުމާއި ވައްކަމުގެ 1 މައްސަލަވެސް ހުށައަޅާފައިވާ ކަމަށް އެސެންޓަރުން ހާމަކުރައްވައެވެ. ހަމައެއާއެކު ނަފްސާނީ ހާނިއްކައިގެ 2 މައްސަލައަކާއި، ގޭންފިލައިގެން ދިޔުމާއި އިހުމާލު ވުމުގެ 2 މައްސަލައެއްވެސް އެސެންޓަރަށް މިދިޔަ އަހަރު ނިމުނު އިރު ވަނީ ހުށައެޅިފައެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ 3 މައްސަލައަކާއި އެކު 18 އަހަރުން މަތީގެ 9 މައްސަލައެއްވެސް އެސެންޓަރަށް މިދިޔަ އަހަރު ހުށައެޅިފައިވެއެވެ. އޭގެ ތެރޭގައި އާއިލީ 2 މައްސަލައާއި، ޖިންސީ، ނަފްސާނީ، އަޚްލާގީ އަދި ޚާއްސަ އެހީއަށް ބޭނުންވާ މިހުންގެ 1 މައްސަލަ އެސެންޓަރަށް ހުށައެޅިފައިވާ ކަމަށް އެފަރާތުން ހާމަކުރައްވައެވެ.