twitterviber whatsapp telegramfacebookyoutube instagram
12th February 2026

ކުޅުދުއްފުށީ އައްސޭރި ގެއަށް ބަޔަކު ވަދެ ބައެއް ތަކެއްޗަށް ގެއްލުންދީފި

Apr 2, 2013

ކުޅުދުއްފުށީ އައްސޭރި ގެއަށް މިއަދު މެންދުރު ބަޔަކު ވަދެ ބައެއް ތަކެއްޗަށް ގެއްލުންދީފި އެވެ.

އާއިލާގެ ފަރާތުން މިނޫހަށް މައުލޫމާތު ހިއްސާކުރި  މީހަކު ބުނީ މިއަދު މެންދުރު 12 ޖަހާ އެހާކަން ހާއިރު ގެއަށް ވަދެ ބަޔަކު ޖެއްސުންކޮށް ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށެވެ. އެގޮތުން ބަދިގޭގައި ހުރި ތަށިތަކެއް ތަޅާފައިވާ އިރު ކޮޓަރިއެއްގެ ތެރޭގައި ހުރި އެއްޗެހިތައް އެތަން މިތަނަށް އުކާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ފާހާނާގައި “އައި ވިލް ނެވަރ ލެޓް ޔޫ ލިވް” މިހެން ސްޕްރޭއިން ލިޔެފައިވާ ކަމަށް އޭނާ ބުންޏެވެ.

އަދި މިހާތަނަށް އެއްވެސް އެއްޗެއް ވަގަށް ގެންދިޔަކަން ފާހަގަ ވެފައި ނުވި ނަމަވެސް ލެޕްޓޮޕް ނުފެންނަ ކަމަށާއި އުކާލެވިފައިވާ ތަކެތީގެ ދަށުގައި އޮތުން ގާތް ކަމަށްވެސް އޭނާ ބުންޏެވެ. އާއިލާގެ މެމްބަރުންނަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

“މެންދުރު ގޭގަ މީހަކު ނެތް ވަގުތެއްގަ ވަދެފަ މިވަނީ. ދެން ތަށިތައް ތަޅާފަ އެބަހުރި. ކޮޓަރީގަވެސް އެއްޗެހިތައް އުކާލާފަ ހުރީ.” އޭނާ ބުންޏެވެ

ފުލުހުން މިހާރު އައްސޭރިގޭގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

[yass cats=19]

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355