twitterviber whatsapp telegramfacebookyoutube instagram
12th May 2025

އަފީފުއްދީން ސްކޫލް ބޯޑާއި، ޕީޓީއޭ އަދި ޕްރިފެކްޓް ބޯޑް މިއަހަރަށް އިފްތިތާހު ކޮށްފި

Apr 6, 2013

އަފީފުއްދީން ސްކޫލް ބޯޑާއި، ޕީޓީއޭ އަދި ޕްރިފެކްޓް ބޯޑް މިއަހަރަށް އިފްތިތާހް ކުރުމުގެ ޖަލްސާ ރޭ ބާއްވައިފި އެވެ.

ރޭ މިކަމަށްޓަކައި އަފީފުއްދީން ސްކޫލު ހޯލުގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ. މި ރަސްމިއްޔާތުގައި މިއަހަރުގެ ޕްރިފެކްޓް ބޯޑްގެ އިސްމަގާމްތަކަށް ހޮވުނު ދަރިވަރުންނަށް ޝޭޝް  ހަވާލުކޮށްދެއްވީ  ޝަރަފްވެރި މެހެމާނެވެ.

2012   ވަނަ އަހަރުގެ ސްކޫލް ބޯޑާއި ޕީޓީއޭގައި ހަރަކާތްތެރިވި ފަރާތްތަކަށް ސެޓްފިކެޓާއި، 2013 ވަނަ އަހަރުގެ ސްކޫލް ބޯޑާއި ޕީޓީއޭގެ ހިންގަ ކޮމެޓީއާ މަސްއޫލިއްޔަތު ހަވާލުކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް އާދަމް މޫސާއެވެ. މީގެ އިތުރުން  މިދިޔަ އަހަރު އެ ސްކޫލް ޕްރިފެކްޓް ބޯޑްގެ އިސްމަގާމްތައް އަދާކުރި ދަރިވަރުންނަށާއި، އަދަބީ ގުލްޒާރުގެ އިސް މަގާމްތައް ފުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަމްސީރާ ޒަކަރިއްޔާ އެވެ.

ރޭގެ ޖަލްސާއިގައި، އަފީފުއްދީން ސްކޫލަށް 2012 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ މިހާތަނަށް އެކި ފަރާތްތަކުން ވެދެއްވި އެހީތެރިކަމާއި، ޕީޓީއޭ އިން ހޯދާފައިވާ ފައިސާގެ ތަފްޞީލް ހިއްސާކުރެއްވީ ޕީޓީއޭގެ ނައިބް ރައީސް ޢަލީ އާދަމެވެ.

ރޭގެ ރަސްމިއްޔާތުގައި އަލަށް ހޮވުނު ކެޕްޓަން މަޒީނާ މުހައްމަދުވެސް ވަނީ ވާހަކަ ދައްކާފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355