ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފުޅާކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތު މުޅި ރާއްޖޭގައި އިފްތިތާހުކުރުމަށް މިއަދު ކުރިއަށްގެންދިޔަ ޕުރޮގްރާމް ކުޅުދުއްފުށީގައިވެސް ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި އޮތް ރަސްމިއްޔާތެއްގައި ގެސްޓު ހައުސް ވިޔަފާރި ސިޔާސަތު އިފްތިތާހުކޮށްދެއްވީ އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުއެވެ.
ގެސްޓު ހައުސް ވިޔަފާރި ކުޅުދުއްފުށީ ގައި އިފްތިތާހު ކުރުމަށްފަހު މޫސަ ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރި ރާއްޖޭގައި ކުރާތާ ޒަމާން ތަކެއް ވެއްޖެ ކަމަށާއި އެހެންނަމަސް އާއްމު ރައްޔިތުމީހާ އަށް އެންމެ އެކަށީގެންވާ ފައިދާ މިކަމުގައި ކޮށްފައި ނުވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި މި ވިޔަފާރި ހިންގުމުން ބޮޑެތި ފައިދާ ތަކެއް އާއްމު ރައްޔިތު މީހާ އަށް ލިބިގެން ދާނެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. މިހާރުވެސް ކ މާފުށީ ގައި އާއި ރަސްދޫ ގައި ވަރަށް ކާމިޔާބު ކަމާއެކު މި ވިޔަފާރި ކުރާކަން މޫސަ ފާހަގަ ކުރެއްވިއެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލަމުން އަންނަ މެނިފެސްޓޯގެ މުހިއްމު ވައުދެއް ކަމަށްވާ ގެސްޓު ހައުސްގެ ވިޔަފާރީގެ ސިޔާސަތު ރާއްޖޭގެ 20 ސަރަހައްދެއްގައި މިއަދު ހަވީރު ވަނީ އިފްތިތާހުކޮށްފައެވެ.
އެގޮތުން ލ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން އެމްޑީޕީގެ މި ސިޔާސަތާބެހޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.
[yass cats=21]