twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގެ މައްސަލައިގައި މެމްބަރ ގަފޫރު ކަންބޮޑުން ފާޅުކުރައްވައިފި

Apr 7, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މޫސާ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ކަންބޮޑުވުން ފާޅު ކުރައްވާ މެމްބަރު ގަފޫރު ވިދާޅުވީ ތައުލީމީ މަރުކަޒުގެ ހޯލު ނޭޅެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި މިއީ ބަޖެޓް ގައި ހިމެނި 2 ފަހަރެއްގެ މަތިން ޢިއުލާނު ވެސް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި މަޖިލިސް ތެރޭއިން މިކަމަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ މިހާރު މިއޮތް ސަރުކާރު ގެނެއުމަށް މަސައްކަތްތަކެއް ކުރި ބަޔަކު ކުޅުދުއްފުށީ ގައި ވެސް އުޅޭ ކަމަށާއި މިމީހުން ވެސް މިކަމުގައި އުޅެން ޖެހޭނެ ކަމަށެވެ. އަދި ހޯލެއް އޮތުމުން އޭގެ ފަސޭހަ ވާނީ ހަމަ އެކަނި އެއް ބަޔަކަށް ނޫން ކަން ގަފޫރު ފާހަގަ ކުރެއްވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355