twitterviber whatsapp telegramfacebookyoutube instagram
28th August 2025

ހައުސިން މިނިސްޓްރީން ޖަވާބެއް ލިބުމުން ނެއްލައިދޫ ކައުންސިލް އިދާރާ ހުޅުފައިފި

Apr 9, 2013

ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތް ހުއްޓި، އެމަސައްކަތް ދިގުލައިފައި ވާތީ، ހުކުރު ދުވަހު ރަށުގެ ރައްޔިތުން ނުކުމެ ހިސޯރުކުރި އެރަށު ކައުންސިލް އިދާރާ، ހައުސިންގ މިނިސްޓްރީގެ ޖަވާބެއް ނުލިބުމުން ހުޅުވައިފި އެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް މުހަންމަދު ވާފިރު ވިދާޅުވީ ބަނދަރުގެ އަމަލީ މަސައްކަތް 2011 ވަނަ އަހަރު ހުއްޓުނު ފަހުން އެމަސައްކަތް ހުއްޓުނު ސަބަބު ހޯދުމަށް އެކިފަހަރު މަތިން ކަމާބެހޭ ދާއިރާ ތަކާއި ގުޅަމުން ގެންދެވި ކަމަށާއި އެހެން ނަމަވެސް އިއްޔެ އާއި ހަމަ އަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން ބަނދަރުގެ މަސަކަތް ހުއްޓި ފައިވާ ސަބަބު ރަސްމީކޮށް އަންގާފައި ނުވާކަމަށެވެ.

ވާފިރު ވިދާޅުވީ އިއްޔެގެ ވަގުތެއް ގައި ހައުސިން މިނިސްޓްރީން ސިޓީ އެއް ލިބިފައިވާކަމަށެވެ. އަދި އެސިޓީ ގައިވަނީ ނެއްލައިދޫ ބަންދަރަށް ބޭނުން ވާ މެޓީރިއަލްސް ބޭރުން ގެނައުމަށް އެސްޓީއޯ އާއި ދެމެދު އެމްޔޫއޯ އެއް ގައި ސޮއި ކުރެވިފައި ވާނޭކަމަށާއި މެއި މަހުގެ ތެރޭގައި ނެއްލައިދޫގެ ހުއްޓިފައިވާ ބަންދަރުގެ މަސައްކަތައް ތަކެތި ލިބުމުން ފެށޭނެކަމަށެވެ.

ބަނދަރުގެ މައްސަލައިގައި ހދ ހިރިމަރަދޫ ގެ ރައްޔިތުން ހިރިމަރަދޫގެ ކައުންސިލް އިދާރާ ބަންދު ކޮށްގެން މުޒާހަރާ ކުރާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355