twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފުލުހަކަށް ހަމަލާ ދިން މީހަކު 6 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Apr 10, 2013

ފުލުހުންގެ ޒިންމާ އަދާކުރަން ހުރި ފުލުހަކަށް ހަމަލާ ދިން މައްސަލައެއްގައި ކުޅުދުއްފުށީ ބީޗްސައިޑް ހުސައިން ފިރާޒް އަލީ ވަހީދު (27 އަހަރު) 6 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ފިރާޒުގެ މައްޗަށް ދައުލަތުން ދައުވާކޮށް އިއްޔެ ހުކުމް އިއްވާފައިވަނީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ހުއްޓާ 16 ޖުލައި 2011 ވަނަ ދުވަހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށްފަހު، ގެނެސް ގޮޅިއަށް ލުމުގެ ތެރޭގައި ފައިވާން ކިބައަކުން ފުލުހެއްގެ ބަނޑުގައި ޖެހި މައްސަލައިގަ އެވެ.

އިއްޔެ ހެނދުނު 11 ޖެހިއިރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އޮތް މިމައްސަލައިގެ ޝަރީއަތުގައި ފިރާޒު ވަނީ މިކަމަށް އިންކާރު ކޮށްފަ އެވެ. އެހެން ނަމަވެސް ދައުލަތުން ވަނީ ހެކިން ހުށަހަޅާފަ އެވެ.

މީގެ އިތުރުންވެސް ފިރާޒުގެ މައްޗަށް އިތުރު ހުކުމެއް އިއްޔެ ވަނީ އިއްވާފަ އެވެ. އެއީ ލައިސަންސް ނެތި ސައިކަލު ދުއްވަނިކޮށް މީހެއްގައިގާ ޖެހުނު މައްސަލަ އެވެ. މިމައްސަލައަށް ފިރާޒު އިއުތިރާފް ވެފައިވާއިރު އޭނާގެ މައްޗަށް 1 އަހަރަށް ޖަލަށް ލުމުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.

މީގެ ކުރިންވެސް ލައިސެންސް ނެތި ސައިކަލު ދުއްވައިގެން ފިރާޒް ވަނީ 150 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

އޭނާ ވަނީ އަމަން ނަގާލި ކަމުގެ މައްސަލައަކާއި، ވައްކަމުގެ މައްސަލަ އާއި، އަމުރަށް ނުކިއަމަންތެރިވުމުގެ 3 މައްސަލައެއްގައި މީގެކުރިން ބަންދު ކޮށްފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355