twitterviber whatsapp telegramfacebookyoutube instagram
12th May 2025

ބިދޭސީ ނަރުހުން އުޅޭ ގެއަކުން ވައްކަންކޮށްފި

Apr 10, 2013

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބިދޭސީ ތިން ނަރުހަކު ދިރިއުޅޭ “މާވަރު” ގެ އިން ވައްކަން ކޮށްފި އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބުނީ ފުލުހުންނަށް އިއްޔެ ހެނދުނު 10:30 ގައި ލިބުނު ވައްކަމުގެ ރިޕޯޓަކާއި ގުޅިގެން މާވަރު ގެއަށް ގޮސް އެމައްސަލަ ބަލަމުން ދާ ކަމަށެވެ.

އަދި މިހާތަނަށް ބެލިބެލުމުން އެގެއިން 1200 ރުފިޔާއާއި ސީޑީ ޕްލޭޔަރެއް ގެއްލިފަވާ ކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލަ މިހާރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355