twitterviber whatsapp telegramfacebookyoutube instagram
9th April 2026

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗަކާއެކު ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Apr 11, 2013

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗަކާއެކު 18 އަހަރު ނުވާ ކުއްޖެއް ހދ ކުޅުދުއްފުށީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  އިއްޔެގެ މެންދުރު 2 ޖަޙާ އެހާކަންހާއިރު  ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން މަސްތުވާއެއްޗަކާއެކު  18 އަހަރު ނުފުރޭ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށްގެންދިޔަކަމަށެވެ. އެހެން ނަމަވެސް އޭނާ ހައްޔަރު ކޮށްފައިވަނީ ކޮންބާވަތެއްގެ އަދި ކިހާ ވަރެއްގެ މަސްތުވާއެއްޗަކާއެކު ކަމެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.

ނަމަވެސް މީނާގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައެވެ.

މީނާ މިހާރު ހުރީ ކުޅުދުއްފުށީ ފުލުހުންގެ ހައްޔަރު ގައެވެ. އަދި މިމައްސަލަ މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355