ދިވެހިރާއްޖޭގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކް އޮފް މޯލްޑިވްސް އަށް ލައިސަންސް ދީފި އެވެ.
ބީއެމްއެލް އިން މަޢުލޫމާތު ދިން ގޮތުގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް ދިނުމަށް ބީއެމްއެލްއިން ތައްޔާރުވަމުން އަންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި މި ޚިދުމަތް ދިނުމަށް ލައިސަންސް ލިބުމާއެކު ޚިދުމަތް ތަޢާރަފް ކުރުން އަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވެސް ބޭންކުން ބުނެއެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ޚިދުމަތްދޭ ހަމައެކަނި ބޭންކެވެ.